ޕާކިސްތާން ޑްރާމާ ސިލްސިލާ ”ޔޫނހީ“ ދައްކަން ފަށައިފިއެވެ.
”އޭކް ނަޔީ ސިންޑްރެއްލާ“، ”އައުން ޒަރާ“ އަދި ”މަން މަޔަލް“ ފަދަ ޑްރާމާތަކުން ބޮޑު މަޤުބޫލުކަމެއް ހޯދި މާޔާ ޢަލީ އަދި ޑްރާމާ ސިލްސިލާއަކުން އަލަށް ފެންނަ މަޝްހޫރު އެކްޓަރު ބިލާލް އަޝްރަފް އިސް ރޯލުތަކުން ފެނިގެންދާ ”ޔޫނހީ“ ގެ މައިގަނޑު އެހެން ރޯލުތަކުން ފެނިގެންދާ ތަރިންގެ ތެރޭގައި މާހާ ޙަސަން، ޚަޤަން ޝާހްނަވާޒް، ބެހެރޯޒް ސަބްޒްވާރީ އަދި ޑީޕަކް ޕަރްވާނީ ފަދަ ތަރިން ހިމެނެއެވެ. ބިލާލްއަކީ ޕާކިސްތާން ފިލްމު ”ޖަނާން“ އަދި ”ސުޕަސްޓާރ“ ގެ އެކްޓަރެވެ.
”ޔޫނހީ“ ގައި ކިޔައިދޭނީ ތިމާ ބޭނުންވާ މީހަކާ ކައިވެނި ކުރުމުގެ އިޚްތިޔާރު ނުއޮންނަ، މީހެއް ދެކެ ލޯބިވުން އެއީ ކުށެއް ކަމަށް ދެކޭ މުޖުތަމަޢެއްގައި ހިނގާ ލޯބީގެ ހާދިސާތަކެއްގެ ވާހަކައެވެ.
މޫމިނާ ދުރައިދުގެ އެމްޑީ ޕްރޮޑަކްޝަންސްއިން ޕްރޮޑިއުސްކުރާ ”ޔޫނހީ“ އަކީ ޕާކިސްތާން ޑްރާމާތައް ކަމަށްވާ ”ބޭޝަރަމް“، ”ރޯޝަން ސިތާރާ“ އަދި ”ދުބާރާ“ ފަދަ ކާމިޔާބު ޑްރާމާތަކެއް ލިޔެދިން ސަރްވަތު ނަޒީރްގެ ސްކްރީންޕްލޭއަކަށް ތައްޔާރުކޮށްފައިވާ ޑްރާމާ ސިލްސިލާއެކެވެ. ޑްރާމާ ޑައިރެކްޓްކުރީ ”ސާދްގޭ ތުމްހާރޭ“، ”އުދާރީ“ އަދި ”އާނގަން“ ފަދަ ހިތްގައިމު ޑްރާމާތަކެއް ގެނެސްދީފައިވާ ޑައިރެކްޓަރ އަދި އެކްޓަރ މުޙައްމަދު އެހްތިޝާމުއްދީންއެވެ.
މިރޭ ހަމް ޓީވީއިން ދައްކަން ފެށި ”ޔޫނހީ“ ގެ އާ އެޕިސޯޑްތައް ދައްކަން ހަމަޖައްސާފައިވަނީ ކޮންމެ އާދިއްތަ ދުވަހެއްގެ ރޭ ރާއްޖެ ގަޑިން 8:00 ގައެވެ. މީގެ އިތުރުން ހަމް ޓީވީގެ ރަސްމީ ޔޫޓިއުބް ޗެނަލުންވެސް މި ޑްރާމާގެ އެޕިސޯޑްތައް ބަލައިލެވޭނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 27 ޑިސެމްބަރ 2025ޚަބަރުއިން ކްލިކްސްގެ ”ލޫޓުވީ ކަލާ“ އާ އަހަރަށް
- 27 ޑިސެމްބަރ 2025ޚަބަރުތެހެރީމްގެ ”ހަމްނަވާ“ ފަށަނީ
- 26 ޑިސެމްބަރ 2025ޚަބަރުލިލީގެ ”ގިސްލާ ރޮއި“ ވަރަށް އަސަރުގަދަ
- 26 ޑިސެމްބަރ 2025ޚަބަރުޕާކިސްތާން ޑްރާމާ ”ސަޒާވާރް“ މިރޭ ފަށަނީ




