މިހާތަނަށް އުފެއްދި އެންމެ ވަަރުގަދަ އެއް ފީޗާ ފިލްމު “ޓައިޓޭނިކް” އަނެއްކާވެސް ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ. ސިނަމާގައި ފިލްމު އަލުން ދައްކަން ފަށާނީ ފެބްރުއަރީ 14ގަ އެވެ. ފިލްމު އުފެއްދިތާ 25 އަހަރުފުރުން ފާހަގަކުރާއިރު، ސިނަމާތަކަށް ފިލްމު އަލުން ގެންނަނީ މިއަދުގެ ޖީލަށް މި ފިލްމު ސިނަމާތަކުގައި ބަލައިލުމުގެ ފުރުޞަތުދިނުމަށެވެ.
1997 ވަނަ އަހަރު ނެރުނު “ޓައިޓޭނިކް”ގެ ލީޑު ރޯލު ކުޅެފައިވަނީ މަޝްހޫރު އެކްޓަރުން ކަމަށްވާ ލިއޮނާޑޯ ޑިކެޕްރިއޯ އަދި ކޭޓް ވިންސްލެޓެވެ. ފިލްމު ޑައިރެކްޓްކުރީ މަޝްހޫރު ޑައިރެކްޓަރު، ޖޭމްސް ކެމެރަން އެވެ. މި ފިލްމަށް މިހާތަނަށް 11 އޮސްކާ އެވޯޑު ލިބިފައިވެއެވެ.
މިފަހަރު “ޓައިޓޭނިކް އަޅުވަނީ ރިމާސްޓާ ކުރުމަށް ފަހު، ފޯކޭ އެޗްޑީއާރް ފްރޭމްރޭޓަކާ އެކު، ތްރީޑީކޮށެވެ. މީގެ އިތުރުން މިފަހަރު ފިލްމު ރިލީޒްކުރަނީ ޑޮލްބީ އެޓްމޮސް ސައުންޑާ އެކުގައެވެ. މާނައަކީ ފިލްމުގެ އަޑުތައް މިފަހަރު އިހުނަށްވުރެން މާބޮޑުތަނުންވެސް ކޮލިޓީވާނެ އެވެ.
ފިލްމުގެ ޚާއްޞަ ޓްރެއިލާއެއް ޕެރަމައުންޓް ޕިކްޗަރޒް އިން އާއްމުކޮށްފައިވާއިރު، ފިލްމުގެ ޓިކެޓް ބްކިން ހެދުމުގެ ފުރުޞަތުވެސް މިހާރު ވަނީ ހުޅުވާލާފައެވެ.
މި ފިލްމު ރިލީޒްކުރި ދުވަސްވަރު ރާއްޖޭގެ އޮލިމްޕަސް ސިނަމާގައިވެސް ފިލްމު އަޅުވާފައިވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!