”އަހަރެން ”96“، ”ޖާނޫ“، ”ބްލޫ ރޭ“ އަދި ”ބީވީމާ“ ވެސް ބަލައިފިން. މި ހުރިހައި ފިލްމުތަކަކީ އެއް ވައްތަރެއްގެ ތީމަކަށް ހަދާފައިވާ ސަޅި ފިލްމުތަކެއް. ނަމަވެސް ”ބީވީމާ“ އަކީ މާސްޓަރޕީސް އެއް……..“ ތިރީގައި އެވާ ކޮމެންޓް ފެނިގެން ފިލްމު ”ބީވީމާ“ އާމެދު އިތުރަށް ވިސްނައިލަން ޖެހުނީ އަދި އެ ފިލްމު ބަލައިނުލެވި ހުރުމުންނެވެ.

މި ޚިޔާލުތަކުގައި ހުއްޓާ މިއަދު ޑާކް ރެއިން އެންޓަޓެއިންމެންޓުން އާއްމުކުރި ”ކުރި ޚިޔާލް“ ލަވަ ބަލައިލުމުން ފިލްމު ”ބީވީމާ“ ބަލައިލުމަށް ހުރި ޝައުޤުވެރިކަން އިތުރުވެއްޖެއެވެ. ނުހަނު އަސަރާއެކު ފިލްމުގެ ލީޑް އަޝްފާގެ ހިތްގައިމު އަޑުން މި ކަވަރ ލަވަ ކިޔާލާފައި އޮތްއިރު، އަޝްފާގެ އެކްޓިންވެސް ނިކަން މޮޅުކަން އެނގިގެންދެއެވެ.
”ގިޓައެއްގަ އަތްލި ދުވަހެއް ހަނދާނެއްވެސް ނެތް.“ ފިލްމުގެ ފިރިހެން ލީޑް އިސްމާޢީލް ރަޝީދު (ކޮޕީ އިއްސެ) ގިޓައެއް ހިފައިގެން އައިސް އަޝްފާއަށް ދިއްކޮށްލުމުން ގިޓާގައި ހިފަމުން އަޝްފާ ބުނެލައެވެ. އެއަށްފަހު ލަވަކިޔައިދޭން ފަށައެވެ. ކޮޕީ އިއްސެ މާކުރީން ސުރެން އަޝްފާދެކެ ވަމުން އައި ލޯބީގެ ޖާދޫގައި ޖެހިފައި ލަވަ އަޑުއަހަން އިން މަންޒަރު ފެނުމުން ޚިޔާލަށް އައީ އިއްސެ ކުޅެފައިވާ ލޯބީގެ ރޯލުތައް ނޫން އެހެން ރޯލުތަކުގެ މަތީންނެވެ. ދެން އަހަރެންގެ ސިކުނޑިތެރޭގައި އަޅައިކިޔައިލެވުނީ އިއްސެ އިޝްޤުގަ ޖެހިފައި އިން ގޮތުގެ ފުރިހަމަކަމުގެ މައްޗަށެވެ. ހަމަ އެހެންމެ ލަވަކިޔަމުން ދިޔައިރު، އަޝްފާގެ ލޮލަށް ޖަމާވާން އުޅެ ޖަމާނުވެވި، ހިލިފައި ހުރި ކަރުނައިގެ އެ އަސަރާއެކު ލަވަކިޔައިލިއިރު އަޝްފާގެ އެކްޓިންގެ ހުނަރުވެރިކަން އަންދާޒާކޮށްލެވުނެވެ.
ފިލްމް ”ބީވީމާ“ގެ ޝޯތައް އޮލިމްޕަހުގައި މިހާރުވެސް ކުރިއަށް އެބަދެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 29 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް އެނބުރި އައުން – ދެވަނަ ބައި
- 29 ޑިސެމްބަރ 2025ރިޕޯޓްފިލާވަޅުގެ ދޭހަކުރުމަށް ފަސޭހަމަގެއް!
- 29 ޑިސެމްބަރ 2025ޚަބަރުސްރީ ލަންކާސް ގޮޓް ޓެލެންޓުގައި ރާއްޖޭގެ ރުބީން ފަނޑިޔާރުންގެ ޝައުޤުވެރިކަން ހޯދައިފި
- 29 ޑިސެމްބަރ 2025ޚަބަރުފަސްވަނަ ކަރްްނާޓަކާ ފިލްްމު ފެސްްޓިވަލް އިން ދިވެހި ދެ ފިލްމަކަށް ފަޚުރުވެރި އެވޯޑްތަކެއް





ކިތަންމެ ވަރަކަށް އޮފުދާރުކުރިޔަސް ތީ ހަމަ ކޮޕީއެއް. އަނެއްކާ ކޮޕީ އިއްސެ އުޅެނީވެސް