“އަލްޙަމްދުލިﷲ!
👉 ކައިވެނި އަލްބަމް ފެބްރުއަރީ 18ގަ ރިލީޒްކުރަނީ، އިންޝާﷲ! ކައިވެނި ހަފުލާތަކުގައި ޖެހުމަށް، ކައިވެނީގެ އުފާވެރިކަން އިހުސާސްކުރުމަށް، ތާރައާއެކު ތައްޔާރުކުރެވުނު އެންމެ ފުރަތަމަ އަލްބަމް! އެހީތެރިވެދެއްވި އެންމެ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރުދަންނަވަން!💚❤️💚”
ފޭސްބްކް މެދުވެރިކޮށް ރާއްޖޭގެ ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަލީ ޒައިދުގެ އަމިއްލަ މަދަހަ އަލްބަމް ރިލީޒްކުރާ ޚަބަރު ދެމުން ވިދާޅުވެފައިވެއެވެ.
“ކައިވެނި” މަދަހަ އަލްބަމަކީ މިހައިތަނަށް ރާއްޖޭގައި ނެރެފައިވާ މަދަހަ އަލްބަމްތަކާ ތަފާތު އަލްމަބެމެވެ. އަލްބަމުގައި ހިމެނޭ މަދަހަތައް އުފައްދާފައިވަނީ ތާރައިގެ ހިތްގައިމު ތާލުތައް ހިމަނައިގެންނެވެ. އަލްމަބް ކޮމްޕޯޒްކުރެއްވީވެސް ޒައިދު އެވެ.
ރާއްޖޭގެ މަޝްހޫރު ބައެއް ވޯކަލިސްޓުންގެ މަދަހަތައް މި އަލްބަމްގައި ހިމެނޭނެއެވެ. އެގޮތުން ޒައިދްގެ އިތުރުން، ޙުސައިން ޢަލީ، މުހައްމަދު ޢަބްދުލް ޣަނީ (ތޭރަ)، އިބްރާހިމް ޒައިދް އަލީ (ކުޑަ އިއްބެ) އަދި ޝަލަބީ އިބްރާހިމް ހިމެނޭހެން 12 ވޯކަލިސްޓުންގެ ހިތްގައިމު މަދަހަތަކެއް މި އަލްބަމުން އިވިގެންދާނެ އެވެ.
ތާރައިގެ ތާލާއެކު ނެރޭ މި އަލްބަމްގައި 16 މަދަހަ ހިމެނެއެވެ. އަލްބަމްގައި ހިމެނޭ ހުރިހައި މަދަހަތަކުގެ ޅެންވެރިކަން ބިނާކޮށްފައިވާ ވަނީ ކައިވެންޏާއި ގުޅުންހުރި ވާހަކަތަކުގެ މައްޗަށެވެ.
“އަލް-ކައުން” އަދި “ޓޮނިކް ލައިވް ސްޓޫޑިއޯ” ގުޅިގެން އުފައްދާފައިވާ މި އަލްބަމްގެ މާސްޓަރިންގެ މަސައްކަތް ކޮށްފައި ވަނީ “ޓޮނިކް ލައިވް ސްޓޫޑިއޯ” އިންނެވެ.
އަލްބަމް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އާއްމުންނަށް ފަސޭހަކަމާއެކު ލިބޭނެ ފަދަ މަންސައެއްގައި ކަމަށް މަޢުލޫމާތު ލިބެއެވެ.
އައްޝައިޚް ޢަލީ ޒައިދު އަކީ ޒުވާނުންނާއި ގުޅޭ ޒަމާނީ ވަޞީލަތްތަކާއި ފަންުވެރިކަން ބޭނުންކުރައްވައިގެން ދީނީ ޢިލްމު ފެތުރުއްވުމުގައި ހަރަކާތްތެރިވެލައްވާ ބޭފުޅެއްކަން ފާހަގަކޮށްލެވެ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 30 އޭޕްރިލް 2025ޚަބަރުމިއަދު އެލިމިނޭޝަން ބުރުގައި “ޓޫ އޮފް އަސް” ގެ ފުރަތަމަ ހުށައެޅުން
- 29 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުން އަބަދަށް ހަނދާންހުންނަ ވަރުގެ ކަންތައްތަކެއް!
- 28 އޭޕްރިލް 2025ޚަބަރުމާދަމާރޭ “ސޮރީ” ގެ ޓިކެޓް ވިއްކަން ފަށަނީ
- 28 އޭޕްރިލް 2025ޚަބަރުބެޓްލް އޮފް ބޭންޑްސްގެ އެލިމިނޭޝަން ބުރު ފަށައިފި
ދެން އަވަހާ ލަވަެއް ކިޔާލާ