ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސިމްބޮލިކްގެ “ލޯބިވާ” ފެބްރުއަރީ 14 ގައި

ރާއްޖޭގައި މިވަގުތު އޮތް އެންމެ ކާމިޔާބު ރެކޯޑް ލޭބަލް ސިމްބޮލިކް ރެކޯޑްސްގެ އާ އަލްބަމް، “ލޯބިވާ” ފެބްރުއަރީ 14 ވަނަ ދުވަހުގެރޭ ރިލީޒް ކުރަން ތައްޔާރުވެއްޖެ އެވެ.

މުހައްމަދު ނަބީލް ނިޔާޒް (ޓޯއީ)އާ އެކު ސިމްބޮލިކްގެ ގިނަ ލަވަކިޔުންތެރިންތަކެއް މި އަލްބަމްގައި ލަވަކިޔާފައިވެއެވެ. ޖުމްލަ 14 ލަވަ ހިމެނޭ މި އަލްބަމުން ސިމްބޮލިކް ރެކޯޑްސްއާ އަލަށް ގުޅުނު ދެ އާޓިސްޓުން ތަޢާރަފުވެގެން ދާނެ އެވެ.

“ލޯބިވާ” އަލްބަމް ޕްރޮޑިއުސްކޮށްފައިވަނީ ފައްރާސް އަހްމަދު (ސަންޗު) އެވެ. މި އަލްބަމުގައި ހިޕްހޮޕް، އާރްއެންބީ، އީޑީއެމް ފަދަ ތަފާތު ޖޮންރާތައް ހިމެނިފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

މީގެ ދެ އަހަރުކުރިން ސިމްބޮލިކް ރެކޯޑްސް އިން ނެރުނު “ކޯވަރެއް” އަލްބަމަކީ ދިވެހި ހިޕްހޮޕް މިއުޒިކަށް ލޯބިކުރާ ފަރާތްތަކުގެ ކަރުހިއްކުން ފިލާވަރުކޮށްލަ ދިން ސަޅި އަލްބަމެއްކަން ފާހަގަކޮށްލެވެއެވެ. ވަކީން ޚާއްޞަކޮށް އެ އަލްބަމްގައި ހިމެނޭ “ކޯރެއްގެ ކޯވަރެއް” މިއީ މާސްޓަރޕީސްއެއް ކަމަށް ގިނަބަޔަކު ޤަބޫލކުރެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top