🥁 އަލްބަމް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ 18 ފެބްރުއަރީ 2023ގައި
🥁 ތާރަ އާއެކު ކިޔާފައިވާ އަމިއްލަ ރާގުގެ 16 މަދަހަ ހިމެނޭ
ކައިވެނީގެ އުފާވެރިކަން އިހުސާސްކުރުމަށް، ތާރައާއެކު ތައްޔާރުކުރެވުނު އެންމެ ފުރަތަމަ މަދަހަ އަލްބަމްގެ ޓްރެއިލާ މިއަދު ރިލީޒްކޮށްފިއެވެ. ޓްރެއިލާ އަޑުއަހައިލުމުންވެސް މީގެ ކުރިން އަހާފައި ވާ މަދަހަ ތަކާއި މި މަދަހަތައް ތަފާތުކަން ފާހަގަކޮށްލެވެ. “ކައިވެނި” ތީމް ހަދާފައިވާ 16 މަދަހަ އަކީ އަމިއްލަ ރާގުގައި ކިޔާފައިވާ މަދަހަތަކެކެވެ.
“ކައިވެނި” މަދަހަ އަލްބަމަކީ މިހައިތަނަށް ރާއްޖޭގައި ނެރެފައިވާ މަދަހަ އަލްބަމްތަކާ ތަފާތު އަލްމަބެމެވެ. އަލްބަމުގައި ހިމެނޭ މަދަހަތައް އުފައްދާފައިވަނީ ތާރައިގެ ހިތްގައިމު ތާލުތައް ހިމަނައިގެންނެވެ. އަލްމަބް ކޮމްޕޯޒްކުރެއްވީވެސް ޝައިޚް ޢަލީ ޒައިދު އެވެ.
މި އަލްބަމުގައި ޢަލީ ޒައިދްގެ އިތުރުން، ޙުސައިން ޢަލީ، މުހައްމަދު ޢަބްދުލް ޣަނީ (ތޭރަ)، އިބްރާހިމް ޒައިދް އަލީ (ކުޑަ އިއްބެ) އަދި ޝަލަބީ އިބްރާހިމް ހިމެނޭހެން 12 ވޯކަލިސްޓުންގެ ހިތްގައިމު މަދަހަތަކެއް އިވިގެންދާނެ އެވެ.
“އަލް-ކައުން” އަދި “ޓޮނިކް ލައިވް ސްޓޫޑިއޯ” ގުޅިގެން އުފައްދާފައިވާ މި އަލްބަމްގެ މާސްޓަރިންގެ މަސައްކަތް ކޮށްފައި ވަނީ “ޓޮނިކް ލައިވް ސްޓޫޑިއޯ” އިންނެވެ.
އަލްބަމް ރިލީޒްކުރާނީ “ކައިވެނި އަލްބަމް” ނަމުގައި ހަދާފައިވާ ޔޫޓިއުބް ޗެނަލުގައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!