ކެއްކުމަށް ބޭނުންކުރާ ތެޔޮތަކުގެ ތެރެއިން ސިއްހަތަށް އެންމެ ފައިދާހުރި ތެލެއްކަމަށް ހެކިދައްކަނީ ޒައިތޫނިތެލެވެ. ކުޑަކުޑަ ލުނބޯހުތް ފޮދަކާ އެއްކޮށްގެން ޒައިތޫނި ތެޔޮ ސަމުސަލެއް ބުއިމުން ސިއްޙަތަށް ފައިދާކުރާ މިންވަރު މާބޮޑަށްވެސް އިތުރުވާކަން އެނގޭހެއްޔެވެ؟
ޒައިތޫނި ތެލަކީ ސިއްހަތަށް އެތަކެއް ފައިދާތަކެއް ލިއްބައިދޭ ތެލެއްކަން އެންމެނަށްވެސް އެނގެއެވެ. ނަމަވެސް ހެނދުނު ހުސްބަނޑާ ހުރެ ޒައިތޫނިތެޔޮ ސަމުސަލެއް ބުއިމަކީ ސިއްހަތަށް ގިނަގުނަ ފައިދާތަކެއް ލިބޭ ކަމެކެވެ. ޒައިތޫނިތެޔޮ ސަމުސަލަކީ ގާތްގަނޑަކަށް 50 އެމްއެލްގެ މިންވަރެވެ. ނަމަވެސް ހެނދުނު ހުސްބަނޑާހުރެ ބުއިމަށް އެންމެ 15 އެމްއެލްގެ ޒައިތޫނި ތެލުންވެސް ފުދެއެވެ.
ޒައިތޫނި ތެލުގެ ތެރެއަށް ލުނބޯހުތް ފޮދެއް ޖަހައިގެން ބުއިމުން ހަޖަމުކުރުމުގެ މަސައްކަތަށް އިތުރު ހަލުވިކަމެއް ލިއްބައިދެއެވެ.
ހެނދުނު ޒައިތޫނި ތެޔޮ ބޭނުންކުރަންވީ ސަބަބުތަކަށް ބަލައިލާނަމެވެ.
1- ބަރުދަން ލުއިކޮށްދިނުމަށް އެހީތެރިވެދޭ
ޒައިތޫނި ތެލުގައި އޯލިކް އެސިޑް ނަމަކަށް ކިޔާ އެސިޑެއް ހުރެއެވެ. މި އެސިޑްގެ ސަބަބުން ކައިގެން ބަނޑުފުރިފައި ހުންނަ ކަމުގެ އިހުސާސްކޮށްދެ އެވެ. އެހެންކަމުން ކާހިތްވުމާ ދުރުކޮށްދޭނެ އެވެ. ނަތީޖާއެއްގެ ގޮތުން ބަރުދަން ލުއިކޮށްދިނުމަށް މަގުފަހިކޮށްދެ އެވެ.
2- ޑީޓޮކްސިފައިކޮށްދޭ
ޒައިތޫނި ތެލާއި ލުނބޯ ހުތް އެއްކޮށްގެން ބުއިމުން ހަށިގަނޑުގައި އުފެދޭ ބޭކާރު ވިހަ މާއްދާތައް ބޭރުކޮށްދިނުމަށް އެހީތެރިވެދެއެވެ. ނަތީޖާއެއްގެ ގޮތުން ހަޖަމުކުރުމުގެ ނިޒާމަށް ފައިދާކުރެއެވެ.
3- ގޮހޮރުގެ ކެންސަރުޖެހުމުން ދުރުކޮށްދޭ
އެތަކެއް ދިރާސާތަކަކުން ދައްކާގޮތުން، އެކްސްޓްރާ ވާރޖިން ޒައިތޫނި ތެޔޮ ބުއިމުން ގޮހޮރުގެ ކެންސަރުޖެހުމާ ދުރުކޮށްދޭ ކަމަށް ބުނެއެވެ. މީގެވެސް މައިގަނޑު ސަބަބަކީ ޒައިތޫނި ތެލަކީ އެންޓިއޮކްސިޑެންޓްގެ މާއްދާތައް ގިނަ ތެލަކަށް ވުމެވެ.
4- ހަމުގެ ސިއްހަތު ރަނގަޅުކޮށްދޭ
ގިނަ އަދަދަކަށް އެންޓިއޮކްސިޑެންޓްގެ މާއްދާތައް އެކުލެވޭ ކާނާ ބޭނުންކުރުމަކީ ހަމުގެ ސިއްހަތަށް ރަނގަޅު ކަމެކެވެ. ހަންގަނޑުގައި ރޫޖެހުމުން ދުރުކޮށްދިނުން ފަދަ އެތަކެއް ފައިދާތަކެއް ޒައިތޫނި ތެލުން ލިއްބައިދެ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!