ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ސްޓޫޑަންޓް ޖަރނަލިޒަމް ޕްރޮގްރާމް” ގެ ފުރަތަމަ ސެޝަންތައް ބާއްވައިފި

މޯލްޑިވްސް މީޑިއާ ކައުންސިލުން ސްކޫލް ކުދިންނަށް އަމާޒުކޮށްގެން ހިންގުމަށްހަމަޖެހިފައިވާ “ސްޓޫޑަންޓް ޖަރނަލިޒަމް ޕްރޮގްރާމް” ގެ ފުރަތަމަ ސެޝަންތައް ކުރިއަށް ގެންގޮސްފިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިސްކަންދަރުކޮށީގެ، ޓްރެއިނިންގ ހޯލްގައި ކުރިއަށް ގެންދެވުނު މި ޕްރޮގްރާމްގައި ސެޝަންތައް ނަގައި ދެއްވީ ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ. އޭގެތެރޭގައި އަލްފާޟިލް މުޙައްމަދު ހަމްދޫން، އަލްފާޟިލް މުޙައްމަދު ނާސިހް އަދި އަލްފާޟިލް ޢަލީ ނިޝާން ހިމެނެއެވެ.

މި ޕްރޮގްރާމްގެ ބޭނުމަކީ ދަރިވަރުންގެ މެދުގައި ނޫސްވެރިކަމުގެ ދާއިރާއަށް ޝައުގުވެރިކަން އުފެއްދުމާއި ދަރިވަރުންނަށް މި ދާއިރާ އިން ކުރިއަށް ދެވޭނެ މަގު ފަހިކޮށްދިނުމެވެ. މީގެ އިތުރުން ޕްރޮގްރާމްގެ ބައިވެރިން ރާއްޖޭގެ ބޮޑެތި ނިއުސްރޫމްތަކާއި ޓީވީ އަދި ރޭޑިއޯ ސްޓޭޝަންތަކަށް ގޮސް މަސައްކަތް ކުރާ ގޮތް ބަލާލައި ތަޖުރިބާކޮށްލުމުގެ ފުރުސަތު ދިނުމަށް ވެސް މީޑިއާ ކައުންސިލުން ވަނީ ނިންމާފައެވެ.

“ސްޓޫޑަންޓް ޖަރނަލިޒަމް ޕްރޮގްރާމް” ފެށީ އަހުމަދިއްޔާ ސުކޫލުގެ ދަރިވަރުންނަށް އަމާޒުކޮށްގެންނެވެ. ނަމަވެސް މި ޕްރޮގްރާމު ހިންގައިދިނުމަށް މާލޭގެ ބައެއް ސުކޫލުތަކުންނާއި އަތޮޅުތަކުގެ ބައެއް ސުކޫލްތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށް މީޑިއާ ކައުންސިލުން ހާމަކުރައްވައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top