އޮލިމްޕަސް ސިނަމާގައި ފިލްމެއް ނުދައްކާތާ އަހަރުތަކެއް ފަހުން އެ ސިނަމާގައި ފުރަތަމަަ ދެއްކި ދިވެހި ފިލްމު ”ބީވީމާ“ގެ 15 ޝޯ ހައުސްފުލްކޮށް ދެއްކިފައިވާކަމަށް ޑާކް ރެއިން އެންޓަޓެއިންމެންޓުން ބުނެފިއެވެ. މިވަގުތު އެ ފިލްމުގެ ވަދާޢާ ޝޯތަކުގެ ޓިކެޓް ވިކެމުން އަންނަ އިރު، ފިލްމު ބެލި އެންމެންގެ ކޮމެންޓްތައްވެސް ހުރީ ވަރަށް ފަހިކޮށްކަން ފާހަގަކޮށްލެވެ އެވެ.
ފިލްމު ”ބީވީމާ“ގެ ވަދާޢީ ތިން ޝޯ ބާއްވަން ހަމަޖެހިފައިވަނީ އަންނަ މަހު ދޭއް، ތިނެއް އަދި ހަތަރުވަނު ދުވަހުގެ ރޭގައެވެ. ފަހު ތިން ޝޯގެ ޓިކެޓް އުޅެނީ 100 އަށެވެ. ޓިކެޓް ނެގުމުގެ ކަންކަން ހަމަޖައްސާލައި އިތުރު މަޢުލޫމާތު ހޯދުމަށް ނަންބަރަށް 9911229 ގުޅައިގެން ކުރިއަށް ގެންދެވޭނެ އެވ
ތަމަަޅަ ފިލްމު ”96“ އަދި އިނގިޜޭސި ފިލްމެއް އަސްލަކަށް ބަލައިގެން ހެދި ފިލްމު ”ބީވީމާ“އަށް މަދު ބައެއްގެ އިދިކީލި ފާޑުކިޔުން ލިބުނުނަމަވެސް، ފިލްމު ބެލި ގިނަ މީހުން އިއްތިފާޤުވަނީ ތަމަޅަ ފިލްމާއި އިނގޭސި ފިލްމަށްވުރެން ”ބީވީމާ“ގެ އަސަރުގަދަވެފައި ރީތި ކަމަށެވެ
“ބީވީމާ”ގެ ލީޑް ރޯލުން ފެންނާނީ މަރިޔަމް އަޝްފާ، އައިމިނަތު ރަޝްފާ (އާޝާ), އިސްމާޢީލް ރަޝީދު (ކޮޕީ އިއްސެ) އަދި އާދަމް ޒިދާން (ނާނަ) އެވެ.
”ބީވީމާ“ ލިޔެ ޑައިރެކްޓް ކޮށްފައި ވަނީ މަޝްހޫރު ސްކްރީން ރައިޓާ އަހުމަދު ޒަރީރެވެ. ފިލްމުގެ ޕްރޮޑިއުސަރުންނަކީ މޮގާގެ އިތުރުން ޢާއިޝަތު ފުއާދު ތަޢުފީޤްއެވެ. ކެމެރާކޮށްފައި ވަނީ އިބްރާހިމް ވިސާން (ކަނޑި)އެވެ. ޕޯސްޓްޕްރޮޑަކްޝަން ހެދީ ޑައިރެކްޓަރު އަދި ކެމެރާމަން ޢަލީ ޝިފާޢު (ޗިއްޕެ)އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




