ނަޒީރު ޝިހާމް (ކާއްޓޭ) އަދި ހުސެއިން ސާދު (މަޓޭ)ގެ ފުރަތަމަ ކޮމެޑީ ފީޗާ ފިލްމު، “ވަނާޖުބޭސާ“ މި އަހަރު އޭޕްރީލް 25 ވަނަ ދުވަހުގެ ރޭ އޮލިމްޕަހުގައި ރިލީޒްކުރަން ނިންމައިފި އެވެ.

‘ޕާޓިކަލްސް ސްޓޫޑިއޯ’ އަދި ‘ދަ ސްޓޫޑިއޯ’އިން ‘ވާންޗޯ އެންޓަޓެެއިންމެންޓް’އާ ގުޅިގެން ގެނެސްދޭ “ވަނާޖުބޭސާ“ގެ ލީޑުގައި ކާއްޓޭ، މަޓޭ، “ހާދަރު” ފިލްމުގެ ނުބައިބައި ރޯލުން ފެނުނު މުހައްމަދު ސައީދުގެ އިތުރުން ފ. އަތޮޅު ފީއައްޔާއި ނިލަންދުއަށް ނިސްބަތްވާ ރިމްޝާ، ޝަކީބު، ޝިރާނީ، ޖަލްވާން، ޚަދީޖާ ހިމެނެއެވެ.

ފ. ފީއަލި އަދި ނިލަންދޫގައި ޝޫޓްކޮށްފައިވާ ރޮމޭންޓިކް ކޮމެޑީ ފިލްމު “ވަނާޖުބޭސާ” ލިޔެ ޑައިރެކްޓްކުރީ ވިޝާލް ޒަކީ އެވެ.

“ވަނާޖްބޭސާ” ފިލްމާ ގުޅޭ މާ ގިނަ މައުލޫމާތު އަދި ހިއްސާކުރަން ބޭނުން ނުވާކަން ފާހަގަކޮށް، ވިޝާލް ބުނެފައިވަނީ އެއީ ތަފާތު ޓްވިސްޓުތައް ފެންނާނެ މަޖާ ފިލްމަކަށް ވާނެ ކަމަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.