ގައިގެ ހިމަ ލޯލިތައް ކޮޅަށްޖެހިގެންދާނެ ކަން ޔަޤީނެވެ. ހިތުގެ އެންމެ ހިމަ ނާރާއި ވެސް ކުޅެލާނެ އެވެ. ހިތްވެސް އަދު ރޮއްވާލާނެ އެވެ. އަޝްފާގެ ހިތްގައިމު، އަސަރުގަދަ އަޑުގެ އިތުރުން ޝަލަބީގެ އަޑުން ލަވައިގެ ލަފުޒުތައް އިވިގެންދަނީ އަޝްފާ އަދި ކޮޕީ އިއްސެގެ ހުނަރުވެރި އެކްޓިންއާއި ވެސް އެކުގައެވެ. ފިލްމު ”ބީވީމާ“ ގައި ހިމެނޭ ހިތްގައިމު ލަވަ ”ހިތް އަދު ރޮނީ“ ވަރަށްވެސް ހިތްގައިމެވެ.
”ހިތް އަދު ރޮނީ“ ލަވައަކީ ފިލްމު ނިމެންދާއިރު ފިލްމުގެ ލީޑު ދެ ތަރިން ކަމަށްވާ މަރިޔަމް އަޝްފާ އާއި އިސްމާއިލް ރަޝީދުގެ މަޑުމައިތިރި މަންޒަރުތަކެއް ދައްކުވައިދޭ ލަަވަ އެކެވެ. 1983ވަނަ އަހަރު ޓެލެވިޒަން މޯލްޑިވްސް އިން ދެއްކި ފިލްމު ”ފުން ޒަޚަމް“އިން ފުރަތަމަ އިވިގެންދިޔަ ”ހިތް އަދު ރޮނީއޭ“ ވިދާޅުވެފައިވަނީ ޙުސައިން ޝިހާބެވެ.
ޔޫސުފް މުޙައްމަދުފުޅު (އެދުރުބޭ)ގެ އަސަރުގަދަ ޝާއިރީ ޚިޔާލުން ލިޔެފައިވާ މި އަސަރުގަދަ ލަވައިގެ ކަވަރ ވާރޝަންއެއް ޑާކް ރެއިން އެންޓަޓެއިންމެންޓްގެ ފިލްމު ”ބީވީމާ“ގައި ފެނިގެންދަނީ ފިލްމު ނިމެންދާއިރު ފިލްމުގެ ލީޑު ދެ ތަރިން ކަމަށްވާ މަރިޔަމް އަޝްފާ އާއި އިސްމާއިލް ރަޝީދުގެ މަޑުމައިތިރި މަންޒަރުތަކެއް ދައްކުވައިދެމުންނެވެ.
މެލޭޝިޔާގެ ހިތްގައިމު ރާގަކަށް ހަދާފައިވާ ”ހިތް އަދު ރޮނީ“އަކީ ދިވެހީންގެ ހިތްތަކުން ޚާއްޞަ ޖާގައެއް ހޯދާފައިވާ ލަވައަކަށްވާއިރު، ފިލްމު ”ބީވީމާ“ގައި މި ލަވަ ހިމަނާފައިވާލެއް ފުރިހަމަކަމުގެ އިތުރުން އެ ލަވަ ޔޫޓިއުބްގައި އާންމުކޮށްފައިވަނީ ފިލްމުގައި ދައްކާ ގޮތަށް މަންޒަރުތަކަށް ބަދަލެއް ނުގެނެހެވެ.
ހައުސްފުލް 15 ޝޯ ދައްކާފައިވާ ”ބީވީމާ“ ގެ ވަދާއީ ޝޯތައް އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވަނީ މާރިޗް 02، 03 އަދި 04ވަނަ ދުވަހުއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




