އަޖޭ ދޭވްގަންގެ ވަރުގަދަ އެކްޝަން ސީންތައް ހިމެނޭ ފިލްމު ”ބޯލާ“ އުފެއްދުމުގެ ބައެއް މަންޒަރުތައް ބެލުންތެރިންނަށް ދައްކާލައިފިއެވެ. ރަސްމީ ޓްރެއިލާ މީގެ ދެ ހަފުތާކުރިން އާއްމުކޮށްފައިވާ މި ފިލްމު ރިލީޒްކުރާނީ މިމަހު 30 ވަނަ ދުވަހު އެވެ. ފިލްމުގެ ލީޑްގެ އިތުރުން މި ފިލްމުގެ ޑައިރެކްޓަރަކީވެސް ޚުދު އަޖޭ އެވެ.
ފިލްމު އުފެއްދުމުގެ ތެރޭގައި ނަގާފައިވާ ވީޑިއޯތަކުގެ ތެރެއިން އަޖޭގެ އިންސްޓަގްރާމުގައި ހިއްސާކުރި ވީޑިއޯގައި ފިލްމުގެ މަސައްކަތްތަކާމެދު ތާބޫ ދެކޭގޮތް ހާމަކުރަމުން ބުނެފައިވަނީ، ”އަޖޭ ފިލްމެއްގެ މަސައްކަތް ފައްޓަނީ އެއްކޮށް ތައްޔާރުވުމަށްފަހު. އަދި މިފަހަރު ތަފާތަކީ ފިލްމުގެ އެކްޓަރުގެ އިތުރުން ޑައިރެކްޓަރަކީވެސް ޚުދު އޭނަ.“
އަޖޭ މި ވީޑިއޯ ހިއްސާކުރަމުން ލިޔެލާފައިވަނީ ”އޮން ސްކްރީނުން އެކްޝަން ފެނިފައިވާނެ ކަމަށާ، މިފަހަރު ކެމެރާގެ ފުރަގަހުން ނަގާފައިވާ މަންޒަރުތައް ބަލާލާ.“ މިހެންނެވެ.
ވަރުގަދަ ސްޓަންޓްތައް ހިމެނޭ އެކްޝަން ސީންތަކެއް މި ފިލްމުގެ ޓްރެއިލާއިން ފެނިގެންދެއެވެ.
ފިލްމުގެ މުހިންމު ތަރިންގެ ތެރޭގައި އަޖޭ އަދި ތާބޫގެ އިތުރުން ދީޕަކް ދޮބްރިޔާލް ހިމެނެއެވެ. މީގެ އިތުރުން މިފިލްމުގައި ޚާއްޞަ ފެނިލުމަކުން އެކްޓަރު އަބީޝެކް ބައްޗަންވެސް ފެންނާނެއެވެ.
އެކްޝަން ތްރިލާ ”ބޯލާ“ ގައި އަޖޭ ކުޅެނީ ކުށްވެރިވެގެން ޖަލުގައި ބަންދުކޮށްފައިވާ ގައިދީއެއްގެ ރޯލެވެ. އަޖޭގެ ދަރިފުޅާ ބައްދަލުކުރުމަށް އޭނާއަށް އެހީވެދެނީ ފުލުސް މީހެއްގެ ރޯލުން ފެންނަ ތާބޫއެވެ. މީގެއިތުރުން ވަރުގަދަ ގޭންގަކާއި ފުލުހުންނާ ދެމެދު ހިނގާ ތަޅާފޮޅުންތަކެއްގެ މަންޒަރު ފިލްމުގެ ޓްރެއިލާއިން ފެނެއެވެ.
ފިލްމު ”ބޯލާ“އަކީ 2019ވަނަ އަހަރު ރިލީޒްކުރި ކާމިޔާބު ތަމަޅަ ފިލްމެއް އަސްލަށް ބަލައިގެން އުފައްދާ ފިލްމެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




