މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ކުރިއަށް ގެންދާ “ގެވެށި ގުޅުން” ކެމްޕެއިންގެ ދަށުން ތައްޔާރުކުރަން ބޭނުންވާ ފީޗަރ ފިލްމު ތައްޔާރުކޮށްދޭނެ ފަރާތެއް ބޭނުންވެގެން އިޢުލާނުކޮށްފިއެވެ.
މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން މިމަހު 24ގައި ގެޒެޓްކޮށްފައިވާ އިއުލާނެއްގައި ވަނީ އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އަންދާޒީ ހިސާބު ހުށަހެޅުމަށް ދައުވަތުދީފަ އެވެ. އަންދާޒީ ހިސާބު ހުށަހެޅުން އޮންނާނީ އަންނަ އޭޕްރީލް މަހު 04 ވަނަ ދުވަހުގެ 10:00 ގައި މިނިސްޓްރީ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސަރވިސަސް (އުމަރު ޒާހިރު އޮފީސް ބިލްޑިންގ ލޮޓް ނަންބަރ 11602، އޯކިޑްމާ ހިނގުން، ހުޅުމާލެ) ގައެވެ.
މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މަޢުލޫމާތު ދިނުން އެ މިނިސްޓްރީގައި އޮންނާނީ 29 މާރިޗް 2023 ވާ ބުދަ ދުވަހު ހެނދުނު 10:00ގައެވެ.
ގެޒެޓްކޮށްފައިވާ އިޢުލާނާއެކު ބިޑް ހުށައަޅާ ފޯމާއި ޕްރޮޖެކްޓާ ބެހޭ މަޢުލޫމާތު ޝީޓެއް ހިމަނާފައިވެއެވެ. މަޢުލޫމާތު ޝީޓްގައި ވާގޮތުން އެ ބިޑަށް ކުރިމަތިލެވޭނީ ދިވެހި ރައްޔިތަކަށް ނުވަތަ ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތަކަށެވެ.
މި ފިލްމަކީ 18 އަހަރުން މަތީގެ މީހުންނަށް އަމާޒުކޮށް، އުފައްދާ ފިލްމެއް ކަމަށާ އެ ފިލްމަކީ ދެމަފިރިންގެ ފުރިހަމަ ބައިވެރިވުމާއެކު ކުރެވޭ މަސައްކަތުން އާއިލާއަކަށް ލިބޭ ހަމަޖެހުމާއި، އުފާވެރިކަމާއި، ކުރިއެރުން ދައްކުވައިދޭ ފިލްމަކަށް ވާން ޖެހޭ ކަމަށެވެ. އެ ފިލްމުގެ ދިގުމިނަކަށް ވާންވާނީ އިއުލާނުގައި ވާގޮތުން ގާތްގަނޑަކަށް 90 މިނެޓެވެ.
ފިލްމުގެ ވާހަކައާއި ސްކްރިޕްޓް ލިޔާނީ ފިލްމު މެދުވެރިކޮށް މިނިސްޓްރީން މުޖުތަމައުއަށް ފޯރުކޮށްދޭން ބޭނުންވާ މައިގަނޑު މެސެޖުތަކުގެ މައްޗަށް ބިނާކޮށް ފިލްމު އުފެއްދުމުގެ މަސައްކަތާ ހަވާލުވާ ފަރާތުން ކަމަށާއި ފިލްމު އުފެއްދުމުގެ މަސައްކަތްކުރާނީ މަސައްކަތާ ހަވާލުވާ ފަރާތުގެ އަމިއްލަ ތަކެތީގައި ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.
ފިލްމުގައި ހިމެނޭ ލަވައާއި، ޑައިލޮގްތަކުގެ ސަބްޓައިޓްލްސް ހިމަނަންވާނެ ކަމަށާއި، ފިލްމު އުފެއްދުމުގެ މަސައްކަތާ ހަވާލުވާ ފަރާތުން ފިލްމު ޕްރޮމޯޓްކުރުމަށް ބޭނުންކުރެވޭނެ 30 ސިކުންތަށްވުރެ ކުރު ނޫން ޓްރެއިލާއެއް ހަދަން ވާނެ ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ. އަދި ފިލްމުގައި ތީމްލަވައެއް ހިމެނުންވެސް ޝަރުތުކޮށްފައިވެ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 7 މެއި 2025މަޢުލޫމާތުމިތަމޭނިއާ ނުވަތަ ބިރަކާނުލައި ދޮގުހަދާ ބަލި
- 4 މެއި 2025ޚަބަރު“ޓޫ އޮފް އަސް” އިން ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ނަން ފަވާލައިފި
- 3 މެއި 2025ޚަބަރު“ކަލޭމެން ސާބިތުކޮށްދީފި، ތީ ހުށައެޅުމަށް އެންމެ ފައްކާ ބޭންޑްކަން” – ސަލީމް މާރޗެންޓް
- 3 މެއި 2025ޚިޠާބްމޯލްޑިވްސް މީޑިއާ ކައުންސިލުގެ ރައީސް ދެއްވާ ޚިތާބް