ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
‘ފޯޓީ ޕްލަސް’ ރިލީޒް ކުރުން އޮގަސްޓް މަހު!

ރާއްޖޭގެ ފިލްމު ބަލާ އޯޑިއަންސް އެއްކޮށް ހެއްވާލަދިން ފިލްމު ‘ނޯޓީ40’ ގެ ސީކުއަލް ‘ފޯޓީ ޕްލަސް’ މި އަހަރު އޮގަސްޓު މަހު އޮންނާނެކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނެފި އެވެ.

‘ފޯޓީ ޕްލަސް’ އަކީ ވެސް އޭނާގެ އަމިއްލަ ސްކްރިޕްޓެކެވެ. ޑައިރެކްޓް ކުރީ ވެސް ޔޫއްޕެ އެވެ. ފިލްމުގައި ހިމެނޭ އެކްޝަން ސީންތައް ޑައިރެކްޓް ކޮށްފައިވަނީ ފިލްމުގެ މެއިން ކާސްޓްގައިވެސް ހަރަކާތްތެރިވާ މަޝްހޫރު ފިލްމީ ތަރި ޢަލީ ސީޒަން އެވެ.

ފިލްމުގެ މެއިން ކާސްޓުންގެ ގޮތުގައި ފެނިގެންދާނީ ޔޫއްޕެ އާއި އަލީ ސީޒަނާއި މުހައްމަދު މަނިކު، އަލީ ޝާހިދާއި އަހްމަދު އީސާ އާއި މައިޝާ އަހްމަދު ސައީދު އާއި ޝީލާ ނަޖީބާއި މުހައްމަދު ފައިސަލް، މަރިޔަމް ޝަކީލާ، އަލީ އާޒިމް (ދޮން އައްޔަ) އަދި ފާތިމަތު އާޒިފާ (އަޒޫ) އެވެ.

މީގެ އިތުރުން ދެވަންސޫރައިން އަލަށް ތަޢާރަފްވި މަރިޔަމް ޝިފާ އާއި ފިލްމީ ދާއިރާއަށް އަލަށް ތައާރަފްވާ ހަތަރު ތަރިން ވެސް މި ފިލްމުން ފެނިގެންދާނެ އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top