ނަޒީރު ޝިހާމް (ކާއްޓޭ) އަދި ހުސެއިން ސާދު (މަޓޭ)ގެ ފުރަތަމަ ކޮމެޑީ ފީޗާ ފިލްމު، “ވަނާޖުބޭސާ“ގެ ޓިކެޓް އޮލިމްޕަސް ސިނަމާގައި ވިއްކަން ފަށައިފި އެވެ.

މި މަހުގެ 25 ވަނަ ދުވަހު އޮލިމްޕަސް ސިނަމާގައި ދައްކަން ފަށާ މި ފިލްމުގެ ޓިކެޓް މިހާރު އޮލިމްޕަހުން ވިއްކަމުންދާއިރު ޓިކެޓް ވިއްކާ ވަގުތުތަކަކީ ކޮންމެ ދުވަހެއްގެ ވެސް މެންދުރު ފަހު 14:00 އިން ހަވީރު 17:00 އަށް އަދި ރޭގަނޑު 21:00 އިން 23:00 އަށެވެ. ޓިކެޓްގެ އަގު 100 ރުފިޔާއަށެވެ.

‘ޕާޓިކަލްސް ސްޓޫޑިއޯ’ އަދި ‘ދަ ސްޓޫޑިއޯ’އިން ‘ވާންޗޯ އެންޓަޓެެއިންމެންޓް’އާ ގުޅިގެން ގެނެސްދޭ “ވަނާޖުބޭސާ“ގެ ލީޑުގައި ކާއްޓޭ، މަޓޭ، “ހާދަރު” ފިލްމުގެ ނުބައިބައި ރޯލުން ފެނުނު މުހައްމަދު ސައީދުގެ އިތުރުން ފ. އަތޮޅު ފީއައްޔާއި ނިލަންދުއަށް ނިސްބަތްވާ ރިމްޝާ، ޝަކީބު، ޝިރާނީ، ޖަލްވާން، ޚަދީޖާ ހިމެނެއެވެ.

ފ. ފީއަލި އަދި ނިލަންދޫގައި ޝޫޓްކޮށްފައިވާ ރޮމޭންޓިކް ކޮމެޑީ ފިލްމު “ވަނާޖުބޭސާ” ލިޔެ ޑައިރެކްޓްކުރީ ވިޝާލް ޒަކީ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.