ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
”ރަންތާޖު ޤުރުއާން” މުބާރާތުގެ ފަޚުރުވެރި 1 ވަނަ މުހައްމަދު ސާއީއަށް

ރާއްޖޭގައި މިހާތަނަށް ބޭއްވުނު އެންމެ އަގުބޮޑު ޤުރުއާން މުބާރާތް، ”ރަންތާޖު ޤުރުއާން” މުބާރާތުގެ އެއްވަނަ ނ. ހޮޅުދުއަށް ނިސްބަތްވާ މުޙައްމަދު ސާއީ މުބާރިކް ހޯދައިފިއެވެ.

ފަޚުރުވެރި އެއްވަނައަށް އިނާމު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހެވެ. އަދި އެމަނިކުފާނު ވަނީ ސާއީގެ ބޮލުގައި ރަންތާޖު ވެސް އަޅުއްވައި ދެއްވާފައެވެ.

މި މުބާރާތުގައި 5 ވަނަ ހާސިލްކޮށްފައިވަނީ ބ.އޭދެފުށި, މުހައްމަދު މުސްތަފާ، 4 ވަނަ ހއ. ހޯރަފުށި, އަހުމަދު ސުޖާއު، 3 ވަނަ މާލެ ސިޓީ, ޔައީޝް މުހައްމަދު ނިޔާޒެވެ. އަދި މުބާރާތުގެ ދެ ވަނަ ހާސިލްކޮށްފައިވަނީ މާލެ ސިޓީ ފާތިމަތު ޠުޤާ ޙަލީމް އެވެ.

16 އަހަރާއި 45 އަހަރާ ދެމެދުގެ އުމުރުފުރާގެ ފަރާތްތަކަށް ހުޅުވާލެވިފައިވާ މި މުބާރާތަކީ މިހާތަނަށް ރާއްޖޭގައި ބޭއްވި މިފަދަ އެންމެ ބޮޑު މުބާރާތެވެ. މި މުބާރާތަކީ ރާއްޖެ ޓީވީ، މިނިސްޓްރީ އޮފް ޔޫތު،ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި އަދި އިސްލާމިކް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ މުބާރާތެކެވެ.

”ރަންތާޖު ޤުރުއާން” މުބާރާތް ފެށީ މިދިޔަ މާރިޗް މަހު25 ވަނަ ދުވަހުގެ ރޭގައެވެ. ޤުރުއާން މުބާރާތް ފައްޓަވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

“ރަންތާޖު” ޤުރުއާން މުބާރާތުގެ އޮޑިޝަން، ރާއްޖޭގެ 6 ސަރަހައްދެއްގައި ބާއްވާފައިވާއިރު، މުބާރާތުގެ އޮޑިޝަންގައި 111 ފަރާތަކުން ބައިވެރިވިއެވެ. މިމުބާރާތަށް 3 ލައްކަ ރުފިޔާގެ ފައިސާގެ އިނާމާއި އިތުރު ގިނަ އިނާމުތަކެއް އެކި ފަރާތްތަކުން ހުށައަޅާފައިވެއެވެ.

https://www.facebook.com/RaajjeTelevision/videos/977266940362613

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top