“މުނިއަވަސް: ޤުރުއާން ތަރުޖަމާ ކިޔުމުގެ މުބާރާތް – ސީޒަން 1” ގެ ޝޯވތައް ނުގެނެސްދެވި މިހާ ގިނަ ދުވަސްވެފައިވާކަމަށްޓަކައި ބައިވެރިންގެ ފަރާތުން މުނިއަވަސް އިން މަޢާފަށް އެދޭ.

މި މުބާރާތް ސްޕޮންސަރކުރެއްވުމުގެ ފުރުޞަތު ވަނީ އާއްމުކޮށް ހުޅުވައިލެވިފަ. ސްޕޮންސަރ ކުރެއްވުމާއި މުބާރާތުގެ އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7419078 ނަންބަރަށް ގުޅުއްވުން އެދެން.

2021 ވަނަ އަހަރު މުނިއަވަސް އޮންލައިން އިން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވުމަށް އިޢުލާނުކުރި “މުނިއަވަސް: ޤުރުއާން ތަރުޖަމާ ކިޔުމުގެ މުބާރާތް – ސީޒަން 1”، މުނިއަވަސް އިން ގެނެސްދޭން ފެށުމަށް ތައްޔާރުވެއްޖެ އެވެ. މި މުބާރާތުގައި ބައިވެރިވެފައިވާ 50 ވަރަކަށް ބައިވެރިންގެ ވީޑިއޯތައް، އެޕިސޯޑްތަކެއްގެ ގޮތުގައި މުނިއަވަސް ޓިކްޓޮކް އެކައުންޓް މެދުވެރިކޮށް ލައިވް ޝޯވތަކެއްގެ ގޮތުގައި ގެނެސްދިނުމުގެ ތައްޔާރީތައް މުނިއަވަސް އިން ވަމުން އަންނަކަމަށާ ވީޑިއޯތަކުގެ 98 އިންސައްތަ ނިންމާފައިވާކަމަށް މަސައްކަތުގައި ހަރަކާތްތެރިވާ ޓީމުން ބުނެއެވެ. ޓިކްޓޮކްގެ އިތުރުން މުނިއަވަސް ކްލަބްހައުސް މެދުވެރިކޮށް ވެސް ލައިވްކުރާނެ އެވެ.

“މި މުބާރާތުގެ ބައިވެރިންގެ ކިޔެވުންތައް ނުގެނެސްދެވި މިހާބޮޑަށް ދިގުލައިގެން ދިޔަކަމަށްޓަކައި މުބާރާތުގެ ބައިވެރިންގެ ފަރާތުން މަޢާފަށް އެދެން.” މުނިއަވަސްގެ ސީއީއޯ އަޙްމަދު ރަޝީދު (އަންނާރޭ) ފާހަގަކުރެއްވިއެވެ.

“ވަރަށް ގިނަ ގޮންޖެހުންތަކެއް ދިމާވުމުން މުބާރާތުގެ ކޮންޓެންޓް ނުގެނެސްދެވި މިހާ ބޮޑަށް މި ލަސްވީ. ފުރަތަމަ ކަމަކަށް އަޅުގަނޑުމެންނަށް ސްޕޮންސާއެއް ލިބޭގޮތް އަދިވެސް ވަނީ ނުވެ. ދެވަނަ ކަމަކަށް ވީޑިއޯތައް ގެނެސްދޭން މަސައްކަތްކުރީ އާޔަތުގެ ޤުރުއާން އޯޑިއޯ ތަރުޖަމާ އޯޑިއޯ އަދި ވީޑިއޯ ސަބްޓައިޓްލްކޮށްގެން. ނަމަވެސް އަޅުގަނޑުމެންގެ އަތުގަ މިވަރު މަސައްކަތެއްކުރާނެ ވަޞީލަތްތަކެއް ނެތް. އެހެން ނަމަވެސް މި މުބާރާތް ޓިކްޓޮކް މެދުވެރިކޮށް މި ގެނެސްދެނީ ހަމަ ވަރަށް ކޮލިޓީ އެޑިޓިންއަކާ އެކުގަ ކަން ދަންނަވާލަން.” އަޙްމަދު ރަޝީދު އިތުރަށް ފާހަގަކުރެއްވި އެވެ.

 “މުނިއަވަސް: ޤުރުއާން ތަރުޖަމާ ކިޔުމުގެ މުބާރާތް – ސީޒަން 1” ގެ އެޕިސޯޑްތައް ގެނެސްދޭން ފެށުމަށް ހަމަޖެހިފައިވަނީ 19 މެއި 2023ން ފެށިގެންނެވެ.

އުމުރުން 07 އަހަރާއި 65 އަހަރާއި ދެމެދުގެ ބޭފުޅުން މި މުބާރާތުގައި ބައިވެރިވެ ކިޔަވާފައިވަނީ މުސްޙަފުން އެބޭފުޅަކު ބޭނުން ސޫރަތަކުން 08 އާޔަތުގެ ދިވެހި ތަރުޖަމާ އެވެ. ތަަރުޖަމާ ހުށައަޅާފައިވަނީ އާޔަތްތަކުގެ ތަރުޖަމާ އެކަންޏެވެ. މާނައަކީ އާޔަތްތައް ނުކިޔަވައެވެ.

 “މުނިއަވަސް: ޤުރުއާން ތަރުޖަމާ ކިޔުމުގެ މުބާރާތް – ސީޒަން 1” ގައި މާކްސް ދިނުމުގައި ބަލާނީ އަންނަނިވި ކަންތައްތަކަށެވެ.

1) ކިޔުންތެރިކަން %70
2) ހުށައެޅުން %10
3) ރާގައި ސްޓައިލް %10
4) އަކުރު އަދާކުރުން %10

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.