ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އެންމެ ކަމުދިޔަ ލޯބީގެ ވާހަކަތަކުން “ޒަޚަމް” ވާހަކައިގެ ސީރީޒް ” ޞާޢިޤާ “

ދިވެހިރާއްޖޭގެ އަޑާއެކު ނުވަދިހައިގެ އަހަރުތަކަށް ޖެހިލަމާހެއްޔެވެ. އެ ދުވަސްވަރު ދިވެހީންނަށް އެންމެ ކަމުދިޔަ ލޯބީގެ ވާހަކަ “ޒަޚަމް” އަޑުއަހައިލަން ‘ހަފުތާގެ ވާހަކަ’ އޮންނަ ރޭރޭ ދެލޮލުގައި ފެން އުނގުޅައިގެން ހޭލާތިބި ހަނދާންތައް ނުވޭ ހެއްޔެވެ؟

“ޒަޚަމް” ވާހަކައަކީ ރާއްޖޭގެ ވާހަކަ ލިޔުންތެރިންގެ ތެރެއިން ފާހަގަކޮށްލެވޭ ފަދަ ޚާއްޞަ މަޝްހޫރުކަމެއް ހޯއްދެވި އަލްމަރްޙޫމާ ސަމީމާ ޔަހްޔާ، އުރުދޫ ބަހުން ދިވެހިބަހަށް ތަރުޖަމާކުރައްވާފައި އޮތް ވާހަކައެކެވެ. ވާހަކައިގެ އަސްލު، އާދެ “ޞާޢިޤާ” ލިޔުއްވީ ޕާކިސްތާނުގެ ފުންނާބު އުސް ނާވިލު ރާޒިޔާ ބަޓް އެވެ.

ކޮންމެއަކަސް، މުނިއަވަސް ޓިކްޓޮކް މެދުވެރިކޮށް “ޒަޚަމް” ވާހަކައަށް ބިނާކޮށް ކުޅެފައިވާ އުރުދޫ ޑްރާމާ ސީރީޒް “ޞާޢިޤާ” ގެނެސްދޭން މި ފަށަނީ މި ވާހަކައިގެ ރީތިކަމާ، މަޝްހޫރުކަމާއި، އަސަރުގަދަ ކަމާއި، ބަލާޣާތްތެރިކަމުގެ ސަބަބުން އިތުރު އޯޑިއަންސަކަށް މި ވާހަކަ ވާޞިލުކޮށްދިނުމުގެ ބޭނުމުގައެވެ.

ޓިކްޓޮކް މެދުވެރިކޮށް ގެނެސްދެވޭ އެންމެ ދިގުމިނަކީ 10 މިނެޓް ކަމަށްވާތީ ކޮންމެ ދުވަހަކުވެސް 10 މިނެޓްގެ އެޕިސޯޑެއް ގެނެސްދެވޭތޯ އަޅުގަނޑުމެން މަސައްކަތްކުރާނަމެވެ.

@muniavas

Saaiqa (ZAKHAM Vaahaka) Urdu Series – #muniavascreation #maldives #hindi #urdu #foryoupage #fyp #contentcreators #muniavas #fvpシ #fvpviral #maldivestiktok #Saiqa

♬ original sound – MUNIAVAS – MUNIAVAS

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top