މިވަގުތު އޮލިމްޕަހުގައި ކާމިޔާބު ޝޯވތަކެއް ދައްކަމުން އަންނަ ފިލްމު “ލޯބިވެވިއްޖެ”ގެ ދެވަނަ ބައެއް ހަދަން އުޅޭކަމުގެ އިޝާރާތެއް އެސް ޕްރޮޑަކްޝަންސް އިން މިއަދު ދީފިއެވެ.
އިތުރު އެއްވެސް ތަފުސީލެއް ހިއްސާނުކޮށް، އެސް ޕްރޮޑަކްޝަންސްގެ މީޑިއާ ވައިބަރ ގްރޫޕަށް ފިލްމުގެ ވަރުގަދަ ޓީޒަރއެއް މިއަދު ހިއްސާކޮށްފައިވެއެވެ. ޓީޒާގައި ޢަލީ ސީޒަން ފިސްތޯލައެއް ހިފައިގެން ހުރެ ޝޫޓްކުރާތަން ފެނެއެވެ.
“ކޮންމެ ކަމެއްވެސް ނިމުނުކަމަށް ތިބާ ޤަބޫލުކުރިޔަސް، ތިބާ ހަނދާންނައްތާލާ ކަމަކީ ކޮންމެ ނިމުމަކީ ކަމެއްގެ އައު ފެށުމެއް ކަމެެވެ.”
މި ލިޔުންކޮޅާއެކު، ގިނަ ޒަޚަމްތަކެއް ލިބިފައި ހުންނަ ސީޒަން ފެނިގެންދަނީ ރުޅިވެރިކަމާއެކު ސްކްރީނަށް ބަލަން ހުންނަ ތަނެވެ. އިރުކޮޅަކުން އަތުގައި އޮންނަ ފިސްތޯލަ ނަގައި ސްކްރީނަަށް ދިއްކޮށްލައި ޝޫޓްކުރަން ފަށާ އަޑު އޯފްސްކްރީނުން އިވިގެންދެއެވެ. އެއަށްފަހު “ލޯބިވެވިއްޖެ2” ގެ ޓައިޓްލް ދައްކައިލައެވެ.
“ލޯބިވެވިއްޖެ 2” ވެސް ޕްރޮޑިއުސްކުރަނީ އެސް ޕްރޮޑަކްޝަންސް އަދި ސެޓަރން ސްޓޫޑިއޯއިން ކަމަށް ޓީޒަރއިން ފެނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!