މަޝްހޫރު އެކްޓަރ ދަރާ މުޙައްމަދު ރަޝީދު ގެ ހިތުގެ ލޭހޮޅިއެއް ބްލޮކްވެ މައްސަލަޖެހިގެން އިތުރު ފަރުވާ ހޯދުމަށް މިއަދު އިންޑިޔާއަށް ފުރަން އުޅޭކަމުގެ މަޢުލޫމާތު މުނިއަވަސް އަށް ލިބިއްޖެ އެވެ.
ހިތުގެ ލޭހޮޅިއެއްގެ މައްސަލައެއް (ކާޑިއެކް ބްލޮކެއް) އުޅޭތީ މާލެއިން ޑޮކްޓަރަށް ދައްކައިގެން ޓެސްޓްތައް ކޮށް މިހާރުވެސް ރަޝީދު ބޭސްކަމުން އަންނަކަމަށް މަޢުލޫމާތު ލިބެއެވެ. ރަޝީދު އިންޑިޔާ އަށް ދަނީ ހިތުގެ ޓެސްޓެއް ކަމަށްވާ ’އިންޑިއޯގްރާމް‘ އެއް ހެދުމަށެވެ.
ކާޑިއެކް ބްލޮކެއް ހުރުމުގެ ސަބަބުން ހާލަތު ގޯސްވެ ދެފަހަރެއްގެ މަތިން ހުޅުމާލޭ ހޮސްޕިޓަލުގައި ރަޝީދު އެޑްމިޓްކޮށްފައި ވާކަމަށް ވެސް މަޢުލޫމާތު ލިބެއެވެ. ރަޝީދު އިންޑިޔާގެ ކޮޗިން އަށް ދަނީ ޢާއިލާ އާއިއެކުގައި ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.
ގިނަ ދިވެހިން ތަކެއްގެ ހިތުން ޖާގަ ހޯދާފައިވާ ރަޝީދު ގެ ހިތުގެ ޓެސްޓެއް ހަދައި އިތުރު ފަރުވާ ހޯދުމަށް އިންޑިޔާ އަށް ދާން ފުރުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 04:35 ގައެވެ.
މުނިއަވަސް އާއި ކިޔުންތެރިންގެ ފަރާތުން ރަޝީދުގެ ބައްޔަށް އަވަސް ޝިފާއެއް މިންވަރު ކުރެއްވުމަށް އެދި މާތްﷲ ގެ ކިބަފުޅަށް ދުޢާ ކުރަމުއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- ޢަލީ އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖުލައި 2025ޚަބަރު”ކަނބުލޮ“ ފިލްމުގެ ޓިކެޓް ބުކްކުރަން ހުޅުވާލައިފި
- 11 ޖުލައި 2025ޚަބަރުލޯބިން…؟ ހާދަ ވަރެއް؟
- 8 އޭޕްރިލް 2025ޚަބަރު”ސޮރީ“ ގެ ރަސްމީ ޓްރެއިލާ މިރޭ ނެރެނީ!
- 7 އޭޕްރިލް 2025ޚަބަރު”ލޯބިން“ އަށް އައު މޫނުތަކެއް ހޯދުމަށް ހޮވެއްޔެއް!




