ބްރޭންޑް ނަމެެއްގެ ދަށުން، ހިތްގައިމު ލިރިކްސްތަކެއް އުފައްދައި ހިތްގައިމު ލަވަތަކަކާއި ކަރޯކޭ ލަވަތަކެއް ނެރެމުން އަންނަ ރިޓްސް ލިރިކްސް އިން އުފެއްދި ހިތްގައިމު ވީޑިއޯ ލަވަ ”ރާނީ“ ރިލީޒްކޮށްފި އެވެ. މި ލަވަ ރިލީޒްކޮށްދެއްވީ ލަވަ ލިރިކްސް ލިޔުއްވުމާއި މިއުޒިކް އަލްބަމްތައް ޕްރޮޑިއުސްކުރެއްވުމުގައި ރާއްޖޭގައި ފާހަގަކޮށްލެވޭ، އެންމެން ދަންނަ ޑޮކްޓަރ އަޙްމަދު ޝަކީބު އެވެ.
ރިޓްޒް ލިރިކްސްގެ ތިންވަނަ އަހަރީ ދުވަހާދިމާކޮށް މިމަހު 20 ވަނަ ރޭ 00:00ގައި ރިޒްގެ ”ރާނީ“ ރިލީޒްކުރީ މުނިއަވަސް ކްލަބްހައުސް މެދުވެރިކޮށެވެ. ”ރާނީ“ ލަވަ ކިޔާފައިވަނީ ރާއްޖޭގައި މިވަގުތު އެންމެ ވިދަމުން އަންނަ ހުނަރުވެރި ލަވަކިޔުންތެރިޔާ ރާފިޔަތު ރަމީޒާ އަދި ހިތްގައިމު ލަވަތަކެއް ގެނެސްދެމުން އަންނަ މުޙައްމަދު މައިސާން (ބޮކިޓޯސް) އެވެ.
”ރާނީ“ ލަވައިގެ ވީޑިއޯގައި އެކްޓްކޮށްފައިވަނީ ބޮކިޓޯސްގެ އިތުރުން ޝަހާނާ އަދި ރާފިޔަތު ރަމީޒާ އެވެ.
ރޭ ބޭއްވި ޚާއްޞަ ޝޯގައި ރާފިޔަތު، ބޮކިޓޯސް، އިބްރާހީމް އާމިރު، ޢަލީ ރަޝީދު (ގޮޅާ އައްޔަ) އަދި ރިޓްސް ލިރިކްސްގެ މެންބަރުން ބައިވެރިވި އެވެ.
ވީޑިއޯ ލަވަ ޑައިރެކްޓްކޮށް މަންޒަރުތައް ނަގައި އެޑިޓްކުރީ ޢަލީ ރަޝީދު (ގޮޅާ އައްޔަ) އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން



