ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ދަރިފުޅަކީ ޑޮކްޓަރެއް! ބައްޕަ މަގުމަތިވެފަ! – ވައިރަލް ވީޑިއޯ

ދަރިފުޅަކީ ޑޮކްޓަރެކެވެ. ދިރިއުޅެމުންދަނީ 60ހާސް ރުޕީސްއަށް ކުއްޔަށް ހިފާފައިވާ ބޮޑު ގަނޑުވަރެއްފަދަ ބަންގަލޯއެއްގައެވެ. ނަމަވެސް އޭނާގެ ބައްޕަ މިއަދު ހުރީ އަޅައިލާނެ މީހެއްނެތި އެކަނިވެރިވެ، މަގުމަތިވެފައެވެ.

މިދިޔަ މަހު ވައިރަލްވެފައިވާ މި ވީޑިއޯއިން ހިތްތައް ރޮއްވާލާނެ އެވެ. ކަރުނަ އަޅަމުން ބައްޕައަކު އޭނާގެ ގޮތެއް ނެތް ދަރިފުޅުގެ ވާހަކަތައް މި ވީޑިއޯގައި ހިއްސާކޮށްފައިވެއެވެ.

މިއީ ކޮން ގައުމެއްގެ މީހެއްކަން މާ ރަނގަޅަށް ސާފުނުވިޔަސް، އިންޑިއާ ނުވަތަ ޕާކިސްތާނަށް ނިސްބަތްވާ މީހެއްގެ ވީޑިއޯއެއް ކަމަށް ބެލެވެ އެވެ.

ވީޑިއޯއިން ފެނިގެންދާ ޝެއިޚެއް ކަމަށް ބެލެވޭ މީހާ ބުނީ އެ މުސްކުޅި މީހާގެ ދަރިފުޅު މިއަދު އެގޮތަށް ކަންތައް ކުރުމުގައި ބައްޕަގެ ހިއްސާވެސް ހިމެނޭ ކަމަށެވެ.

“އަހަރެން ބުނަން ބޭނުން… އޭނަގެ (ބައްޕަގެ)ވެސް ކުށް އެބައޮތް. އޭނަގެ ދަރިފުޅަށް ހަމައެކަނި ދިނީ ދުނިޔަވީ ތަޢުލީމު. ދީނީ ތަޢުލީމުވެސް ދިންނަމަ، 100 އިންސައްތަ ޔަޤީންކަމާއެކު އަހަންނަށް ބުނަން ކެރޭނެ، އޭނާގެ ބައްޕައާމެދު އެގޮތަށް ކަންތައް ނުކުރާނެ ކަމަށް. އެހެނީ އޭރުން އޭނާއަށްވެސް އެނގޭނެ މައިންބަފައިންނަށް ޚިދުމަތްކުޅައުމީ ކޮންފަދަ މަތިވެރި ސިއްރުތަކެއް ފޮރުވިގެންވާ ކަމެއްކަން.” ވީޑިއޯއިން ފެންނަ ދެވަނަ މީހާ ބުނެފައިވެއެވެ.

 

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top