ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އެމްއެސްޕީއޭގެ އެކްޓިން ވޯކްޝޮޕް ކާމިޔާބުކަމާއެކު ނިންމާލައިފި

މޯލްޑިވްސް ސޮސައިޓީ ފޮރ ޕާފޯމިންގް އާޓްސް (އެމްއެސްޕީއޭ)ގެ ފަރާތުން ފިލްމީ ދާއިރާގެ ފަންނާނުންގެ ހުނަރު ތަރައްޤީ ކުރުމަށް “އެކްޓިންގ ވޯކްޝޮޕް ފޯ ފިލްމް އެންޑް ތިއޭޓަރ”ގެ ނަމުގައި 20 މެއި 2023ގައި ފެށި ވޯކްޝޮޕް ކާމިޔާބުކަމާއެކު 09 ބައިވެރިން ފުރިހަމަކޮށްފި އެވެ. “އެކްޓިންގ ވޯކްޝޮޕް ފޯ ފިލްމް އެންޑް ތިއޭޓަރ” ވޯކްޝޮޕްގެ ބައިވެރިންނަށް ހަނދާނީ ލިޔުން ދިނުމަށް މި ވޯކްޝޮޕްގެ ނިންމުމުގެ ރަސްމިއްޔާތު ބޭއްވީ 15 ޖޫން 2023ވަަނަ ދުވަހުގެ ރޭގައެވެ.

ޖުމްލަ 10 ބައިވެރިންނާއެކު ފެށި “އެކްޓިންގ ވޯކްޝޮޕް ފޯ ފިލްމް އެންޑް ތިއޭޓަރ” ވޯކްޝޮޕުން އެންމެ ފާހަގަކޮށްލެވުނު ބައިވެރިޔާވެސް ނިންމުމުގެ ރަސްމިއްޔާތުގައި އިއުލާނުކުރެވިގެން ދިޔައެވެ. އެގޮތުން “އެކްޓިންގ ވޯކްޝޮޕް ފޯ ފިލްމް އެންޑް ތިއޭޓަރ” ވޯކްޝޮޕްގެ އެންމެ މޮޅު ބައިވެރިއަކަށް ހޮވުނީ ޙުސައިން ޝާޒް (މަޓޭ) އެވެ. އެންމެ މޮޅު ބައިވެރިޔާއަށް އިންޑިއާގައި މި ފަންނުގެ އިތުރު ތަމްރީނު ހޯދުމަށް ފުރުޞަތުދިނުމަށް ނިންމާފައިވެއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ބައިވެރިންނަށް ހަނދާނީލިޔުން ހަވާލުކޮށްދެއްވީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް ޙުސައިން އިސްމާޢީލް އެވެ.

ވޯކްޝޮޕްގެ އިސް މުދައްރިބެއްގެ ގޮތުގައި ހަރަކާތްތެރިވީ އިންޑިއާގައި މި ފަންނުގެ ކާމިޔާބު ކޯސްތަކެއް ހިންގަމުން އަންނަ ތަޖުރިބާހުރި އިންސްޓްރަކްޓަރެއް ކަމުގައިވާ ދިލިޕް ކަނާލް އެވެ.

ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން އެމްއެސްޕީއޭގެ ޗެއާމަން މުޙައްމަދު ރަޝީދު (ދަރާ) ވަނީ އެމްއެސްޕީއޭ އިން މިއަހަރު ހިންގުމަށް ހަމަޖައްސާފައިވާ އިތުރު ހަރަކާތްތަކަށް އަލިއަޅުވާލައި ވާހަކަދައްކަވާފައެވެ. މިގޮތުން މި އަހަރު އޯގަސްޓް މަހު ޑަބިންގ އަދި ސައުންޑް ވޯކްޝޮޕެއް ފެށުމަށް ތައްޔާރުވަމުން އަންނަކަން އިއުލާނުކުރި އެވެ. މީގެ އިތުރުން މި ވޯކްޝޮޕް ކާމިޔާބުކަމާއެކު ނިންމައިލުމަށް އެހީތެރިވެދެއްވި އެކި ފަރާތްތަކުގެ ހަނދާން އައުކޮށް އެ ފަރާތްތަކަށް އެމްއެސްޕީއޭއިން ޝުކުރުދެންނެވި އެވެ.

ރަސްމިއްޔާތުގައި މި ވޯކްޝޮޕާމެދު ދެކޭ ގޮތް ބައިވެރިންގެ ފަރާތުން ހާމަކުރީ ހުނަރުވެރި އެކްޓްރެސް ވާޝިޔާ މުޙައްމަދު އެވެ. ވާޝިޔާގެ ވާހަކަކޮޅުގައި ކޯހުގެ މުދައްރިބު ދިލިޕް ކަނާލްގެ ހުނަރުވެރި ޓީޗިންގ މެތަޑަށް އަލިއަޅުވާލައި ވާހަކަދެއްކި އެވެ. އަދި މިފަދަ ފުރުޞަތެއް އެމްއެސްޕީއޭ އާއި އެންސީއޭ އިން ފަހިކޮށްދިނީތީ އެކަންވެސް ވާޝިޔާ ފާހަގަކުރިއެވެ.

މި ރަސްމިއްޔާތުގައި މިއަހަރު ޖެނުއަރީ 28 އަދި 29 ވަނަ ދުވަހު ތައިލޭންޑްގެ ބެންކޮކްގައި ބޭއްވި “ބެންކޮކް އިންޓަރނޭޝަނަލް ފިލްމް ފެސްޓިވަލް”އަށް ހުށައެޅި ކުރު ފިލްމުތަކުން ފަޚުރުވެރި އެއްވަ ލިބިފައިވާ ކުރު ފިލްމު “ހަޔާތް”އަށް ލިބުނު ކާމިޔާބީވެސް ފާހަގަކުރިއެވެ.

“އެކްޓިންގ ވޯކްޝޮޕް ފޯ ފިލްމް އެންޑް ތިއޭޓަރ”ގެ ނިންމު ފާހަގަކުރުމަށް ބޭއްވި ހަފުލާގައި ވޯކްޝޮޕްގެ ބައިވެރިންގެ ހުނަރު ދައްކައިލުމަށް ތިއޭޓަރ ޕްލޭއެއް ހުށައެޅި އެވެ.

އެމްއެސްޕީއޭގެ ރަސްމީ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އޮންލައިން އަދި މުނިއަވަސް ކްލަބްހައުސް އެވެ.

@muniavas

HIGHLIGHTS of MSPA & NCA Acting Workshop – #muniavascreation #maldives #mspa #nca #foryoupage #fyp #contentcreators #muniavas #fvpシ #fvpviral #maldivestiktok #DilipKanaal #DharaaRasheed

♬ original sound – MUNIAVAS – MUNIAVAS


އިވެންޓް ކަވަރކުރީ: އަޙްމަދު ރަޝީދު (އަންނާރޭ) | ލިޔެ ޝާއިޢުކުރީ: އަޙްމަދު ރަޝީދު  | ރިވިއުކުރީ: އަޙްމަދު ރަޝީދު


0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top