ފިލްމު “ނޯޓީ ފޯޓީ” އަދި “ފޯޓީ ޕްލަސް”ގެ ނަމުގައި ގެނެސްދިން ވަރުގަދަ ކޮމެޑީ ފިލްމުތައް ގެނެސްދިން ޕްރޮޑިއުސަރ އިސްމާޢީލް ޝަފީޤްގެ ‘ޝައި ޕްރޮޑަކްޝަންސް’ އަދި ޢަލީ ޝާނީޒް މުޙައްމަދުގެ ‘ސެޓާރން ސްޓޫޑިއޯ’ އިން ގެނެސްދޭ ޔޫސުފް ޝަފީޢުގެ ކޮމެޑީ ފިލްމު “ޖޯކަރު“ގެ ރަސްމީ ޓީޒާ މިމަހު 11ގައި ނެރުމަށް ނިންމައިފި އެވެ.

ބޮޑު ކާސްޓަކާއެކު ގެނެސްދޭ ކޮމެޑީ ފިލްމު “ޖޯކަރު” އަކީ ޔޫއްޕެ ލިޔެ ޑައިރެކްޓްކޮށް ގެނެސްދޭ ފިލްމެކެވެ. ޕްރޮޑިއުސްކުރީ އިސްމާޢީލް ޝަފީޤް އަދި ޢަލީ ޝާނީޒް މުޙައްމަދު އެވެ. ކެމެރާކުރަނީ ޝިވާޒް (މާސްކޭ) އެވެ.

ފިލްމުގެ މާ ގިނަ މަޢުލޫމާތުތަކެއް މީޑިއާއަށް ހިއްސާކޮށްފައި ނުވިޔަސް، ފިލްމުގެ ޝޫޓިން ވީޑިއޯތަކާއި ބައެއް ފޮޓޯތައް އާއްމުކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

ފިލްމު “ޖޯކަރު“ގެ މައިގަނޑު ކާސްޓުގައި ރާއްޖޭގެ ފިލްމީ ދާއިރާގެ ހުނަރުވެރި ފަންނާނުންތަކެއް ހިމެނެއެވެ. އެގޮތުން ވެޓަރަން އެކްޓަރ އަޙްމަދު ނިމާލް، ހުނަރުވެރި އެކްޓަރު އަޙްމަދު ސަޢީދު، ޢަލީ އާޒިމް (ދޮން އައްޔަ)، ޝީލާ ނަޖީބް، އިބްރާހީމް ރަޝީދު މޫސާ (ބްރޯ)، މުޙައްމަދު ރިފްޝާން (ރިއްޕެ)، ހަމްދާން ފާރޫޤް، ޝަހީދާ އަޙްމަދު، އީމާއު، މޫސާ އަލީފް އަދި ނަދުވީ ފަދަ ފަންނާނުން ހިމެނެއެވެ.

ފިލްމު “ޖޯކަރު“ގެ ޝޫޓިން މަންޒަރުތައް މުނިއަވަސް ޓިކްޓޮކް މެދުވެރިކޮށް މީގެ ކުރިން ހިއްސާކޮށްފައިވާނެ އެވެ.

@muniavas

Jokaru - Making Video #Jokaru_TheMovie @ecreativemedia @shyproduction #euppeproductions #Euppe @actorsaeid @leef6969 @broraseedmoosa @ahmednimal6 @dhonayya @shielanajeeb #dhivehitiktok #DhivehiFilm #maldivestiktok🇲🇻 #fvpviral #fvpシ #muniavas #fyp #foryoupage

♬ original sound - MUNIAVAS - MUNIAVAS

 

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.