ވަރުގަދަ މޮޅު ފިލްމުތަކެއް އުފައްދަމުން އަންނަ ޑާކް ރެއިން އެންޓަޓެއިންމެންޓުން މިހާރު އުފައްދަމުން އަންނަ ފީޗާ ފިލްމު “ފުރޭތަ“އިގެ ރަސްމީ ޓްރެއިލާ މިމަހު 17ގައި ނެރެން ނިންމާފައިވާކަމަށް އެ ޕްރޮޑަކްޝަނުން ބުނެފިއެވެ.
މުނިއަވަސް އަށް އެނގިފައިވާ ގޮތުން ފިލްމު “ފުރޭތަ“އަކީ މިހާތަނަށް ރާއްޖޭގައި އުފައްދާފައިވާ ފިލްމުތަކުގެ ތެރެއިން އެންމެ ފައިޓްތައް ގިނަ ވަރުގަދަ ވާނެ ފިލްމެވެ. ވަރުގަދަ ފައިޓްތަކެއްގެ އިތުރުން ބެލުންތެރިން ހައިރާންވާނެ ފަދަ ގިނަ މަންޒަރުތަކެއް މި ފިލްމުން ފެނިގެންދާނެ ކަމަށްވެސް މުނިއަވަސްއަށް އެނގިފައިވެއެވެ.
ވަރުގަދަ ކާސްޓެއް ހިމެނޭ “ފުރޭތަ“އިގެ ލީޑުން ފެނިގެންދާނީ ހުނަރުވެރި އެކްޓިންއެއް ދައްކަމުން އަންނަ ޝަރަފުއްދީން ޢަބްދުﷲ، ރަވީ ފާރޫޤް، މުޙައްމަދު މަނިކް، އަޙްމަދު ސަޢީދު، މުޙައްމަދު ރިފްޝާން (ރިއްޕެ)، އަޙްމަދު ނާޝިތު، ޢަލީ ނަދީހް، އާމިނަތު އަޞީލާ، އާދަމް ރިޒްވީ (ރެކްސް) އަދި ނީލް އެވެ.
ފިލްމުގައި ހިމެނޭ ވަރުގަދަ ފައިޓް ސީންތައް ހަދާފައިވަނީ ރަވީ ފާރޫޤްގެ މޭސްތިރިކަމުގެ ދަށުންނެވެ.
އަޙްމަދު ޠަލާލް (ތޮލް) ލިޔެފައިވާ “ފުރޭތަ“އަކީ މުޙައްމަދު ޢަލީ (މޮގާ) ޕްރޮޑިއުސްކޮށް ޢަލީ ޝިފާޢު (ޗިއްޕެ) ޑައިރެކްޓްކޮށް އެޑިޓްކުރާ ފިލްމެކެވެ.
ފިލްމުގެ މަންޒަރުތައް ކެމެރާކުރަނީ އަޙްމަދު ޒިފާފް އެވެ. ވިޒުއަލް އިފެކްޓް ހަދަނީ ވިޝާލް ޒަކީ އެވެ. ޙުސައިން ތަޢުފީޤްގެ މިއުޒިކުން ފިލްމަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭއިރު، ފިލްމުގެ ކާސްޓުންގެ މޭކަޕްތައްކުރަނީ ޙަސަން އާދަމް އެވެ.
17 ޖުލައިި 2023ގައި ނެރޭ ރަސްމީ ޓްރެއިލާއިން “ފުރޭތަ“އިގެ މިންވަރެއް ފެނިގެންދާނެއެވެ. އޮލިމްޕަސް ސިނަމާއިން ފިލްމު “ފުރޭތަ” ބަލައިލަން ވަގުތު ގުނަން ފެށުމަށް މަޖުބޫރުވާނެ ޓްރެއިލާއަކަށް މި ޓްރެއިލާ ވެގެންދާނެ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!