ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މޯލްޑިވިއަން އައިޑަލް ޕިއާނޯ ރައުންޑަށް 16 ބައިވެރިން

ފްރެންޗައިސް ޝޯ މޯލްޑިވިއަން އައިޑަލް ސީޒަން 3 ގެ ޕިއާނޯ ރައުންޑަށް ދަތުރުކުރާ ގަދަ 16 ބައިވެރިން ރޭ ކަށަވަރު ވެއްޖެއެވެ.

އޯޕަން އޮޑިޝަންތަކުން ޖަޖުންނަށް އެންމެ ކަމުދިޔަ 33 ބައިވެރިންނާއެކު ފެށި ތިއޭޓަރ ރައުންގެ ފުރަތަމަ ޝޯވއިން 10 ބައިވެރިން މި މުބާރާތާއި ވަނީ ވަކިވެފައެވެ. އަދި ރޭ ދެއްކި ތިއޭޓަރ ރައުންޑްގެ ދެވަނަ ބުރުގައި ގޯލްޑަން މައިކް ޙާޞިލްކުރި ފުރަތަމަ ބައިވެރިޔާ ކަމަށްވާ އައިމިނަތު ސައިނާ މުހައްމަދު ރަޝީދާއި އެކު ޖުމްލަ 22 ބައިވެރިންގެ ހުށައެޅުން ފެނިގެންގޮސްފައި ވެއެވެ.

މިދިޔަ 2 ސީޒަންގައިވެސް ޕިއާނޯ ރައުންޑަށް ދަތުރުކުރާ ގަދަ 16 ބައިވެރިން އިޢުލާންކޮށްފައިވަނީ ހުރިހާ ބައިވެރިންގެ ހުށައެޅުންތައް ނިމުމުން ޖަޖުންގެ މެދުގައި މަޝްވަރާކުރުމަށް ފަހުގައެވެ. ނަމަވެސް ރޭގެ ޝޯ ގައި ވާދަކުރި 22 ބައިވެރިންގެ ތެރެއިން 4 ބައިވެރިން ގަދަ 16 އިން ޖާގަ ކަށަވަރުކޮށްފައިވަނީ ޕަރފޯމަންސަށްފަހު ސީދާ ގޯލްޑަން މައިކް ޙާޞިލުކޮށްގެންނެވެ.

ރޭގެ ޝޯ ގައި ގޯލްޑަން މައިކް ލިބުނު ބައިވެރިންނަކީ:

– އައިމިނަތު ސައިނާ މުޙައްމަދު ރަޝީދު

– ހަސަން ޝަހުދާން

– އިބްރާހީމް ޝަމީލް

– ރައިހާން އާދަމް 

 

މަސްދަރު: ޕީއެސްއެމް ނިއުސް

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top