🎥 ކައުޝީ (ރަންގީ ރާޖަޕަކްސަ) ޤަބޫލުކުރާ ގޮތުން އޭނާގެ ބައްޕަގެ މަރަކީ ހަމައެކަނި އެކްސިޑެންޓަކަށްވުރެ މާ ބޮޑުކަމެކެވެ. ބައްޕަ މަރާލި ކަމަށް ޝައްކުކުރެވޭ ރަށަށް، ކައުސީ އޭނާގެ އަންހެން ކޮއްކޮ ދީނޫ (ސަކޫރާ އަތުތަނަޔަކޭ) އާއެކު ބަދަލުވެއެވެ. ކައުޝީގެ ބައްޕަގެ މަރުގެ ޖަވާބު ހޯދަމުން ދަނިކޮށް ކައުޝީގެ ކުރީގެ ލޯބިވެރިޔާ ކެވިން (ބިޔަންކާ ސަލްވަޓޯ)އާ ބައްދަލުވެ އެކުގައި ދަތުރެއް ފަށައެވެ. އެދަތުރުމަތީގައި އެމީހުންނަށް ކުރިމަތިލާން ޖެހެނީ ދިރިއުޅުމުގައި މީގެކުރިން ދުވަހަކުވެސް ތަޖުރިބާކޮށްފައި ނުވާފަދަ ބިރުވެރި ކަންތައްތަކަކާއެވެ. 📽️ މިއީ ޙަޤީޤީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ކުޅެފައިވާ ސިންގަޅަ ބިރުވެރި ފިލްމު “ކައުޝީ“ގެ މައިގަނޑު ހާދިސާއެވެ.
ސީޒަންގެ ’އެސް ޕްރޮޑަކްޝަންސް‘ ޝާނީޒްގެ ‘ސެޓަރން ސްޓޫޑިއޯ‘ އިން ޕްރޮޑިއުސްކޮށް ގެނެސްދޭ ސިންގަޅަ ބިރުވެރި ފިލްމު “ކައުޝީ“އަށް ދިވެހިބަހުން އަޑުއަޅައިގެން އޮލިމްޕަސް ސިނަމާގައި ޕްރިމިއާކުރަން ހަމަޖެހިފައިވަނީ 19 ޖުލައި2023ވަނަ ދުވަހުގެ ރޭ 20:30ގައި ބާއްވާ ރަތްދޫލަ އިވެންޓެއްގައެވެ.
ސިންގަޅަ ފިލްމެއް ނަމަވެސް މިއީ ދިވެހީންގެ އުފެއްދުމެކެވެ. ފިލްމު “ކައުޝީ“ ޑައިރެކްޓްކުރީ ޢަލީ ސީޒަން އެވެ. މަންޒަރުތައް ނެގީ ޝިވާޒް (މާސްކޭ) އެވެ. އެޑިޓް ކޮށްފައި ވަނީ ވެސް އަލީ ސީޒަން އެވެ. ފިލްމަށް މިއުޒިކް ހެދީ އައްޔުމަން ޝަރީފެވެ.
“ކައުޝީ“ގެ ތަރިންގެ ތެރޭގައި އަމިލަ ކަރުނާނަޔަކް އާއި ރަންގީ ރާޖަޕަކްސަ ގެ އިތުރުން ބިޔަންކާ ސަލްވަޓޯ އަދި އިސުރު ސަމްޕަތު ހަރަކާތްތެރިވެއެވެ.
ފިލްމު “ކައުޝީ“ގެ ދިވެހި ވާރޝަންއަށް އަޑު އަޅާފައިވާ ފަންނާނުންގެ ތެރޭގައި އަޙްމަދު ނިމާލް، ޢާމިރާ އިސްމާޢީލް، ޢަލީ ސީޒަން، ރިޝްމީ ރަމީޒް، އަޙްމަދު ސަޢީދު، ޝާރިފް، ކޮކޯ ހަސަން، މުޙައްމަދު ފައިސަލްގެ އިތުރުންވެސް ފާހަގަކޮށްލެވޭ ފަންނާނުންގެ އަޑުއިވިގެންދާނެ އެވެ.
މިއީ ލަވަކިޔުންތެރިޔާ އަދި މިއުޒިކް ޑައިރެކްޓަރ އިބްރާހީމް ނިފާރު (ތިއްތި)ގެ ކޮންސެޕްޓަކަށް ހަދާފައިވާ ފިލްމެކެވެ.
ފިލްމުގެ ޓިކެޓް އޮލިމްޕަސް ހުޅުވިފައި ހުންނަ ވަގުތުތަކުގައި މިހާރު ގަންނަން ލިބެން ހުންނާނެ އެވެ. ހެނދުނު 10:00 އިން ރޭގަނޑު 22:00އަށް ޓިކެޓް ވިއްކަމުން އަންނައިރު އެދެވޭ ތަރުހީބެއް ލިބެމުން އަންނަކަމަށް މަޢުލޫމާތު ލިބެއެވެ. ޓިކެޓް ކައުންޓަރުގެ ހޮޓްލައިން އަކީ 7458800 އެވެ.
View this post on Instagram
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 4 މެއި 2025ޚަބަރު“ޓޫ އޮފް އަސް” އިން ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ނަން ފަވާލައިފި
- 3 މެއި 2025ޚަބަރު“ކަލޭމެން ސާބިތުކޮށްދީފި، ތީ ހުށައެޅުމަށް އެންމެ ފައްކާ ބޭންޑްކަން” – ސަލީމް މާރޗެންޓް
- 3 މެއި 2025ޚިޠާބްމޯލްޑިވްސް މީޑިއާ ކައުންސިލުގެ ރައީސް ދެއްވާ ޚިތާބް
- 3 މެއި 2025ޚަބަރުބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލްގެ ފައިނަލް ބާއްވާ ތާރީޚަށް ބަދަލެއް