ޝާހް ރުކް ޚާންގެ ކުރިއަށް އޮތް ފިލްމު ”ޖަވާން“ގައި ހިމެނޭ 1962ގެ ލަވަ ”ބޭގަރާރް ކަރްކެ“އަކީ އެ ފިލްމުގެ ކުރު އިޝްތިހާރު ހިމެނޭ ވީޑިއޯއިން އެންމެ އަޅައިގަތް އެއް ތަންކޮޅެވެ.
އެޓްލީ ޑައިރެކްޓްކޮށް ގެނެސްދޭ ފިލްމު ”ޖަވާން“ގެ ކުރު އިޝްތިހާރުކޮޅުން އެތަކެއް ކަންތައްތަކެއް ފެނިގެންދެއެވެ. އެ އިޝްތިހާރުގައި ގިނަ އެކްޝަން މަންޒަރުތަކެއް ފެނިގެންދަނީ ބޮޑު ކާސްޓަކާވެސް އެކުގައެވެ. މި ހުރިހައި ކަމެއްގެ ތެރެއިން އެންމެ ހައިރާންކަން ގެނެސްދޭ ކަމަކީ އިޝްތިހާރު ނިމެން ކައިރިވެފައި ވަނިކޮށް ތަލަކޮށް ހުންނަ ޝާހް ފެންނައިރު، މެޓްރޯއެއްގެ ތެރޭގައި ”ބޭގަރާރް ކަރްކެ“ ލަވައަށް ޝާހް ރުކް ޚާން ފައިހަމަކުރަމުން އަންނަ މަންޒަރުންނެވެ. އެ ލަވައަށް ޝާހް ނަށާފައިވާ ސްޓެޕްތައް ގިނަ ބަޔަކަށް ކަމުދިޔައިރު އެ ސްޓެޕްތަކަކީ ޝާހް އަމިއްލައަށް ބޭނުންކޮށްފައިވާ ސްޓެޕްތަކެއްކަން މިހާރު ވަނީ ހާމަކޮށްފައެވެ.
”ބޭގަރާރް ކަރްކެ“އަށް ޝާހް ރުކް ޚާން ނަށާ މަންޒަރަކީ މެޓްރޯއެއް ހައިޖެކްކުރުމަށްފަހު އޭނާ ނަށާ މަންޒަރެއް ކަމަށް ބެލެވެއެވެ. މެޓްރޯގައި އިށީންދެ ތިބޭ ފަސިންޖަރުންގެ މޫނުމަތިން ބިރުވެރިކަމާ ހާސްކަން ފެންނައިރު، ޝާހްގެ ނެށުމުން ފެނިގެންދަނީ މަޖާ ސްޓެޕްތަކެކެވެ.
1962ގައި ރިލީޒްކުރި ފިލްމު ”ބީސް ސާލް ބާދް“އަށް ހެއްމަތު ކުމާރް ކިޔާފައިވާ ”ބޭގަރާރް ކަރްކެ“އަށް ޝާހް ނަށާފައިވަނީ އޭނާގެ އަމިއްލަ ސްޓެޕްތަކެއް ބޭނުންކޮށްގެންނެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




