އެއްފަޅިން ފެންނަނީ ބޮޑު ހިތާމައެއް ކުރިމަތިވުމުން ލިބުނު ގިލަންވެރިކަމުގައި ”ނީނާ“ ހަޅޭއްލަވައިގަންނަ މަންޒަރެވެ. އަނެއް ފަޅިން ފެންނަނީ ވެސް ހަޅޭއްލަވާ މަންޒަރެވެ. ނަމަވެސް އެހެން ހާލަތެއްގައެވެ. ފިލްމުގެ ކުރިމަރައިލުމަށް ބޭނުންނުވާތީ އެއީ ކޮން ހާލަތެއްކަން ބުނެދޭކަށް ނެތީމެވެ.
19 ޖުލައި 2023ގައި އާއްމުކޮށްފައިވާ ”ނީނާ“ ފިލްމުގެ ތިންވަނަ ޕޯސްޓަރުންވެސް ގިނަ ވާހަކަތަކެއް ކިޔައިދެއެވެ. ޚައްސާސް ދެ ހާލަތެއްގައި ވަރުގަދަ ”ނީނާ”އަށް ކުރެވޭ ފުން އިހްސާސްތަކެއް މި ޕޯސްޓަރުން އެކަނިވެސް ބުނެދެއެވެ. ނަމަވެސް ހިތުގެ އެންމެ ފުންމިނަށް ”ނީނާ”ގެ އިހުސާސްތައް ކޮށްލެވެން އޮތީ 06 އޯގަސްޓް 2023ގައި ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމު ”ނީނާ“ ބަލައިގެންނެވެ.
އޮލިމްޕަސް ސިނަމާގައި މިހާރު ޤާއިމުކޮށްފައިވާ ޒަމާނީ ސައުންޑާއެކު ބޮޑު އިސްކިރީނުގައި ފިލްމުބަލައިލާ ”ނީނާ”ގެ ހަޔާތުގެ ފަންސިގަނޑުގެ ދަތުރުގެ ބައެއް ބަލައިލުން ރަނގަޅުވާނެ އެވެ. ވަކީން ޚާއްޞަކޮށް މިއީ ކަނބަލުންނަށް ޚާއްޞަވާނެ ފިލްމެއްކަމަށް ބެލެވެއެވެ.
”ނީނާ”އަކީ ކުރީގެ މަޝްހޫރު އެކްޓްރެސް މަރިޔަމް ރަޝީދާ މި ދާއިރާއާއި ދުރުގައި ޒަމާންތަކެއް ވާންދެނަ ހުރުމަށްފަހު ފެނިގެންދާނެ ފިލްމެކެވެ. ފިލްމުގެ މުހިންމު އަދި ވަރުގަދަ ރޯލަކުންނެވެ. އެހެންކަމުން މިއީވެސް މި ފިލްމު ސިނަމާގައި ބަލައިލަން ރަނގަޅު ކަމެކެވެ.
ނުޒުހަތު ޝުޢައިބް ،ޝަރަފް ޢަބްދުﷲ، ވެޓަރަންސް އެކްޓްރެސް މަރިޔަމް ރަޝީދާ އަދި މަރިޔަމް ޝަކީލާގެ އިތުރުންވެސް ފާހަގަކޮށްލެވޭ އިތުރު ތަރިންތަކެއް މި ފިލްމުން ފެނިގެންދާނެ އެވެ. އެގޮތުން ހަމްދޫން ފާރޫޤް (އައްކި)ގެ ވަރުގަދަ ރޯލެއް މި ފިލްމުން ފެނިގެންދާނެ އެވެ.
މިއީ އިލްޔާސް ވަހީދު (އިއްލެ) ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




