🎦 ފިލްމު “ނީނާ” ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އޮންލައިން
އައި ފިލްމްސް އިން އޯގަސްޓް ހަވަނަ ދުވަހު، އޮލިމްޕަސް ސިނަމާގައި އަޅުވަން ތައްޔާރުވަމުން އަންނަ ފިލްމު “ނީނާ” ޕްރީމިއާ ޝޯގެ ޓިކެޓް އެއްކޮށް ވިކި ހުސްވެއްޖެކަމަށް އައި ފިލްމްސް އިން ބުނެފި އެވެ. މި ފިލްމުގެ 30 ޝޯ އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވެ އެވެ.
އައި ފިލްމްސްގެ ފުރަތަމަ ފިލްމެކޭވެސް އެއްފަދައިން މި ފިލްމަކީވެސް ބެލުންތެރިންނަށް ތަފާތު ރަހަތަކެއް ގެނެސްދޭނެ ސަސްޕެންސް އަދި ތްރިލާބައިތައް ހިމެނޭނެ ފިލްމެއްކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނެއެވެ. މީގެ އިތުރުން މި ފިލްމަކީ ވަރުގަދަ ފައިޓް ސީންތަކެއް ހިމެނޭނެ ފިލްމެކެވެ.
ފިލްމު “ނީނާ“ގެ ވާހަކަ ލިޔެ ޑައިރެކްޓްކުރީ އިލްޔާސް ވަޙީދު (އިއްލެ) އެވެ. ފިލްމުގެ ވާހަކަ ބިނާކޮށްފައިވަނީ ހިތްވަރުގަދަ އަންހެނަކު އޭނާގެ ދިރިއުޅުމުގައި ދިމާވާ ކަންތައްތަކާ ކުރިމަތިލާގޮތުގެ މައްޗަށެވެ.
އެ ކެރެކްޓަރއެއްގެ މައްޗަށް ފިލްމުގެ ނަމާއި ވާހަކަ ނިސްބަތްވާ “ނީނާ“ގެ ރޯލުން ފެނިގެންދާނީ އައި ފިލްމްސްގެ ފުރަތަމަ ފީޗަރ ފިލްމް “ބަވަތި”ގެ ލީޑްރޯލުން ފެނުނު ބަތަލާ ނުޒުޙަތު ޝުޢައިބެވެ. ހަމައެހެންމެ ފިރިހެން ލީޑް ރޯލުން ފެނިގެންދާނީ މިހާރު ދިވެހި ފިލްމް އިންޑަސްޓްރީގައި ކުރިއަރަމުން އަންނަ ޝަރަފުއްދީން ޢަބްދުﷲ އެވެ.
މީގެ އިތުރުން ފިލްމު “ނީނާ“ގެ މުހިއްމު ރޯލުތަކުން ފެނިގެންދާ ބައެއް ތަރިންގެ ތެރޭގައި ކުރީގެ މަޝްޙޫރު ބަޠަލާ މަރިޔަމް ރަޝީދާ، މަރިޔަމް ޝަކީލާ، އާދަމް ރިޒްވީ، ނަތާޝާ ޖަލީލް އަދި ޢަލީ އިނާޒް ހިމެނެއެވެ. ހަމައެހެންމެ ފީޗަރ ފިލްމަކުން އަލަށް ތަޢާރަފުވާ ބައެއް މޫނުތައްވެސް މި ފިލްމުގެ އެކި ރޯލުތަކުން ފެނިގެންދާނެއެވެ.
މި ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ މާލޭ ސިޓީގެ އިތުރުން ލ. އަތޮޅުގެ ބައެއް ރަށްތަކުގައެވެ.
ފިލްމު “ނީނާ” ޕްރޮޑިއުސްކުރުމުގައި އިލްޔާސްގެ އިތުރުން އާސިމް ޢަލީ އަދި އަޙްމަދު ވަޙީދު މަސައްކަތްކޮށްފައިވެއެވެ. ކެމެރާކުރީ އިބްރާހީމް ވިސާން (ކަނޑި) އެވެ. އެޑިޓިން އާއި ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތްތައް ކޮށްފައިވަނީ “ބަވަތި”ގައި ވެސް އެ މަސައްކަތްތައް ކުރި ޓީމުކަމަށްވާ “އޯކޭޒް އިންކް” އިނެވެ.
ފިލްމު ”ނީނާ”ގެ ޓިކެޓް ވިއްކަނީ 150ރުފިޔާ އަށެވެ. ކުރިއަށް ހުރި ޝޯތަކުން ޓިކެޓް ހޯދުމަށް 7242555 ނަންބަރަށް ގުޅައިގެން ނުވަތަ އޮލިމްޕަސް ޓިކެޓްކައުންޓަރަށް ގޮސްގެން ކުރިއަށްގެންދެވޭނެ އެެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!
ހަމަ ހުސްވީތަ
އިއްލެއަކީ ގަދަ މޭންއެއް. ބަވަތި ބަލައިލީމަ އެކަން އެނގޭނެ