ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ނީނާ” އޮލިމްޕަހަށް އަންނަން ބާކީ އޮތީ އެންމެ ފަސްދުވަސް

🎦 ފިލްމު “ނީނާ” ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އޮންލައިން

އައި ފިލްމްސްގެ ދެވަނަ ފީޗާ ފިލްމަށް އިންތިޒާރުކުރަމުން އައި ފަރާތްތަކުގެ އިންތިޒާރު ނިމުމަކަށް އަންނަން މިވަނީ އެންމެ ފަސްދުވަހަށް ވެފައެވެ. 06 އޯގަސްޓް 2023ވަނަ ދުވަހުގެ ރޭ ރެޑްކާޕެޓް އިވެންޓަކަށް ފަހު ފިލްމު “ނީނާ” ދައްކަން ފަށާނެ އެވެ.

ފުރަތަމަ ޝޯގެ ހުރިހައި ޓިކެޓެއް ވިކި ހުސްވެފައިވާއިރު, ފިލްމުގެ ކުރިއަށް ހުރި ޝޯތަކުގެ ޓިކެޓް މިހާރުވެސް އޮލިމްޕަހުގައި ހުންނަ ޓިކެޓް ކައުންޓަރުން ގަންނަން ލިބެން ހުންނާނެއެވެ. ޓިކެޓްގެ އަގަކީ 150ރުފިޔާ އެވެ. މި ފިލްމުގެ 30 ޝޯ އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވެ އެވެ.

ކުރިއަށް ހުރި ޝޯތަކުން ޓިކެޓް ހޯދުމަށް 7242555 ނަންބަރަށް ގުޅައިގެން ނުވަތަ އޮލިމްޕަސް ޓިކެޓްކައުންޓަރަށް ގޮސްގެން ކުރިއަށްގެންދެވޭނެ އެެވެ.

ފިލްމު “ނީނާ”އަކީ އަންހެނެއްގެ ހަޔާތަށް ކުރިމަތިވާ ކަންތައްތަކަށް ފަހު, ކަށީގެ މަދުން ހިތްވަރު ނެރެގެން މާޝަލް އާޓްސްގެ ޚާއްޞަ ތަމްތީނުތަކެއް ހެދުމަށްފަހު އެ އަންހެންމީހާގެ ހަޔާތް ބަނަކޮށްލި މީހާ ނުވަތަ މީހުންގެ ކިބައިން ބަދަލުހިފުމަށް ނުކުމެ ކުރާ ކަންތައްތަކެއް ދައްކުވައިދޭނެ ފިލްމެކެވެ. މީގެ އިތުރުން މި ފިލްމުން ލޯބި, ކުލުނު, ނަފުރަތު ފަދަ ގިނަ މަޢުނަވީ ސިފަތަކެއް ދައްކުވައިދޭނެ މަންޒަރުތަކެއް ދައްކުވައިދޭނެ އެވެ.

ފިލްމު “ނީނާ” އަކީ ކުރީގެ މަޝްހޫރު އެކްޓްރެސް މަރިޔަމް ރަޝީދާ މި ދާއިރާއާއި ދުރުގައި ޒަމާންތަކެއް ވާންދެނަ ހުރުމަށްފަހު ފެނިގެންދާނެ ފިލްމެކެވެ. ފިލްމުގެ މުހިންމު އަދި ވަރުގަދަ ރޯލަކުންނެވެ. ފިލްމުގެ ޕްރިމިއާގައި ވެސް ބައިވެރިވާނެ އެވެ.

ނުޒުހަތު ޝުޢައިބް ،ޝަރަފް ޢަބްދުﷲ، ވެޓަރަންސް އެކްޓްރެސް މަރިޔަމް ރަޝީދާ އަދި މަރިޔަމް ޝަކީލާގެ އިތުރުންވެސް ފާހަގަކޮށްލެވޭ އިތުރު ތަރިންތަކެއް މި ފިލްމުން ފެނިގެންދާނެ އެވެ. އެގޮތުން ހަމްދޫން ފާރޫޤް (އައްކި)ގެ ވަރުގަދަ ރޯލެއް މި ފިލްމުން ފެނިގެންދާނެ އެވެ.

މިއީ އިލްޔާސް ވަހީދު (އިއްލެ) ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

 

View this post on Instagram

 

A post shared by I Films (@ifilmsmv)

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު
ފޭން3 އަހަރު ކުރިން

ނުޒޫއަކީ މިވަގުތު ރާއްޖޭގަ ހުރި އެންމެ ހަބޭސް އަންހެން ސްޓަރ. ތުއި އައްޒައަށްވުރެ މާ ކޮލިޓީ ވާނެ އެކްޓިން އަށް

ރޮބަޓް3 އަހަރު ކުރިން

ނީނާއަކީ ތަޅާލަން ވަރަށް ގަދަ މަންޖެއެކޯ މި ފިލްމުގަ. މިބުނީ ފައިޓްކުރާ ވާހަކަ އިނގޭ. ޑޯންޓް ގެޓް މީ ރޯންގް އޯކޭ

ނީނާ3 އަހަރު ކުރިން

އަހަރެން މިހުރީ އޮލިމްޕަހުގައި އަހަރެން ބަލާހިތުން.

Home
Menu
Search
Back to top