އޮފީސް އަދި ކުންފުނިތަކަށް ހުޅުވާލައިގެން އެންސީއޭ އިން ބާއްވަމުން އަންނަ ޓެލެޑްރާމާ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އެތަނުން ހުޅުވާލައިފި އެވެ.
ނޭޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) އިން ބުނީ މުބާރާތުގައި ބައިވެރިވާން ޝައުގުވެރިވާ އޮފީސްތަކަށް އަންނަ މަހުގެ 8 ވަނަ ދުވަހާ ހަމަ އަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް މިހާރު އަންނަނީ ދޫކުރަމުންނެވެ. އޮފީސް އަދި ކުންފުނިތަކުން ތައްޔާރުކުރާ ޑްރާމާތައް ނިންމައި، ކްލެސިފިކޭޝަން ސެޓްފިކެޓާއި ޑްރާމާގެ ޓްރެއިލާއާ އެކު އެންސީއޭ އަށް ހުށަހަޅަން ދީފައިވާ ސުންގަނޑިއަކީ މެއި 10 ގެ ކުރިންނެވެ. އޮފީސް ޓެލެޑްރާމާ އާންމުކޮށް ބާއްވަނީ މުބާރާތުގައި މަދުވެގެން ފަސް އޮފީހަކުން ބައިވެރިވާ ނަމަ އެވެ.
މިފަހަރުގެ މުބާރާތުގައި 12 ކެޓަގަރީއަކުން އެވޯޑް ދޭ އިރު، ފަސް ކެޓަގަރީއަކަށް، ޓްރޮފީއާ އެކު ފައިސާގެ އިނާމު ވެސް ދެ އެވެ. އެގޮތުން އެންމެ މޮޅު ޑްރާމާއަކަށް 50،000ރ، އެންމެ މޮޅު ބަތަލު/ބަތަލާ އަށް 15،000ރ، އެންމެ މޮޅު ސަޕޯޓިން ބަތަލު/ބަތަލާ އަށް 10،000ރ. ގެ ފައިސާގެ އިނާމު ދޭނެ އެވެ.
ނޭޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) އާއި ޓީވީ މޯލްޑިވްސް ގުޅިގެން ރޯދަ މަހު ގެނެސްްދޭ އޮފީސް ޓެލެޑްރާމާ މުބާރާތަކީ އޮފީސްތަކާާއި ކުންފުނިތަކުގެ މެދުގައި ވަރަށް ވާދަވެރި ރޫހެއްގައި ކުރިއަށްދާ މުބާރާތެކެވެ. މި މުބާރާތުން ފެންނަ ތަރިން މިހާރު އަންނަނީ ބައެއް ފީޗާާ ފިލްމުތަކުންވެސް ފެންނަމުންނެވެ.
އޮފީސް ޓެލެޑްރާމާ މުބާރާތުގެ މަގްސަދަކީ މުނިފޫހިފިލުވުމުގެ ދާއިރާ އަށް ފަންނާނުން އިތުރުކޮށް، ފަންނުވެރިންނަށް ހިތްވަރު ދީ، އަގުވަޒަންކޮށް، އެކުވެރި އަދި ވާދަވެރި މާހައުލެއްގައި ފަންނުވެރިކަން ތަރައްގީކޮށް ދެމެހެއްޓުން ކަމަށް އެންސީއޭ އިން ބުނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 30 އޭޕްރިލް 2025ޚަބަރުމިއަދު އެލިމިނޭޝަން ބުރުގައި “ޓޫ އޮފް އަސް” ގެ ފުރަތަމަ ހުށައެޅުން
- 29 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުން އަބަދަށް ހަނދާންހުންނަ ވަރުގެ ކަންތައްތަކެއް!
- 28 އޭޕްރިލް 2025ޚަބަރުމާދަމާރޭ “ސޮރީ” ގެ ޓިކެޓް ވިއްކަން ފަށަނީ
- 28 އޭޕްރިލް 2025ޚަބަރުބެޓްލް އޮފް ބޭންޑްސްގެ އެލިމިނޭޝަން ބުރު ފަށައިފި