ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ލީނާ”ގެ ޝޫޓިން ނިންމާލައިފި

އަޒްލީނާ ނަފީސްގެ މަރުގެ ހާދިސާއިން އިންސްޕަޔާ ވެގެން ފިލްމީ ތަރި އަބްދުﷲ މުއާޒް (މުއާ) ހަދާ ފިލްމު “ލީނާ” ގެ ޝޫޓިން ނިންމާލައިފި އެވެ.

ފިލްމުގެ ޝޫޓިން އއ. އުކުޅަހުގައި ކުރިޔަށްދިޔާއި ވަރަށް ހިތްހަމަޖެހޭގޮތަށް ކަމަށާއި އެހެން ލޮކޭޝަންއެއްގައި ނަގަން ޖެހޭ ހަތަރު ވަރަތަކަށް މަންޒަރު ނުނަގައި އޮތްކަމަށާއި ކުރިއަށް އޮތް ދެތިން ހަފުތާާއެއްގެ ތެރޭގައި އެ މަންޒަރުތައްވެސް ނަގައި ނިންމާލާނެ ކަމަށް  ފިލްމުގެ ޑައިރެކްޓަރ މުއާ ބުންޏެވެ.

ފިލްމުގެ އެންމެ މުހިންމު ރޯލު ކަމަށްވާ ލީނާގެ ގާތިލް ޒުހޭރުގެ ރޯލުން މުއާ ފެނިގެންދާއިރު ފިލްމު ޑައިރެކްޓް ކުރަނީވެސް މުއާ އެވެ. އަޒްލީނާ ނުވަތަ “ލީނާ”ގެ ރޯލުން ފެނިގެންދާނީ ބަތަލާ މަރިޔަމް އައްޒަ އެވެ. އަލީ އާޒިމް (ދޮން އައްޔަ) މި ފިލްމުން ފެނިގެންދާނީ ލީނާ ގެ ލޯބިވެރިޔާގެ ގޮތުގަ އެވެ. ރަށުކައުންސިލް ރައީސް ގެ ރޯލުން ފެނިގެންދާނީ އަހްމަދު ސައީދު އެވެ. މީގެ އިތުރުން ޒީނަތު އައްބާސް، އައްޒަގެ ބެސްޓްފްރެންޑްގެ ރޯލުން ނުޒުހަތު ޝުއައިބް (ނުޒޫ)، އަދި އައްޒަގެ މަންމަ ގެ ރޯލުން މަރިޔަމް ހަލީމް ވެސް މި ފިލްމުގައި ފެނިގެންދާނެ އެވެ.

އަބްދުﷲ މުއާޒު (މުއާ) އާއި ސައްހާޔް އައްބާސް ޕްރޮޑިއުސް ކުރާ “ލީނާ” ރިލީޒްކުރަން ނިންމާފައި ވަނީ އަންނަ އެޕްރީލް މަހުގެ ފަހުކޮޅު ނުވަތަ މެއި މަހުގެ ކުރީކޮޅު އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top