ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
‘ވަކިން ލޯބިން’ ގެ އާ ޕްރޮމޯޝަނަލް ވީޑިއޯ ލަވަ ‘ދުނިޔެ ދައުރުވެ….’ ރިލީޒް ކޮށްފި

މިމަހު 5 ވަނަ ދުވަހުގެ ރޭ ރިލީޒްކުރާ ޑާކްރެއިން އެންޓަޓެއިންމެންޓު ގެ ފިލްމު ‘ވަކިން ލޯބިން’  ޕްރޮމޯޝަން އަށް މުޅިން އާ ވީޑިއޯ ލަވައެއް ރިލީޒް ކޮށްފި އެވެ. ‘ދުނިޔެ ދައުރުވެ….’ މި ލަވަ ކިޔާފައިވަނީ އިކްއެޓިކް ވައިބްސް ގެ ލަވަކިޔުންތެރިޔާ ޝަންމޫން މުޙައްމަދު (ޝައްމު) އެވެ.

‘ދުނިޔެ ދައުރުވެ….’ މި ލަވައިގެ ޅެމާއި ރާގު ހަދާފައިވަނީ ޝައްމު އެވެ. މިއުޒިކް އަދި މިކްސިން ހަދާފައިވަނީ ފަތޯ އެވެ.

މި ލަވައިގައި އަޒާން (ޖުމައްޔިލް ނިމާލް) އަދި ނުހާ (މަރިޔަމް މަޖްދާ) ވަރަށް ލޯބިން އެކުގައި އުޅެމުންގޮސް ނުހާ ބަލިވެއިނުމަށްފަހުވެސް އަޒާންގެ އޯގާތެރިކަމާއި ނުހާ އަށް އަޅައިލުން ދެމުން އަންނަތަން ފެނެއެވެ. ލަވަ ނިމިގެން އަންނަނީ އަޒާން އާއި ނުހާ އަށް ލޯބިލޯބި ދަރިފުޅެއް ލިބޭ ހިސާބުންނެވެ. މައިގަނޑުގޮތެއްގައި މި ލަވައިގައި ދެކެވިފައިވާ ވާހަކައަކީ ދުނިޔެ ހިނގަމުން ދައުރުވަމުން ވަގުތުތައް ހިނގަމުންދާ ވާހަކައެވެ.

“ވަކިން ލޯބިން”ގެ ލީޑުން ފެނިގެންދާނީ ޑާކްރެ އިން އެންޓަރޓެއިންމަންޓްގެ އެންމެ މަޤުބޫލު ޖޯޑު ކަމުގައިވާ މުޙައްމަދު ޖުމައްޔިލް (ޖުމަލް) އާއި މަރިޔަމް މަޖުދާ (މަޖޫ) އެވެ. މީގެ އިތުރުން މި ފިލްމުގެ މުހިއްމު ރޯލަކުން ނުޒުހަތު ޝުއައިބް (ނުޒޫ) ވެސް ފެނިގެންދާނެއެވެ.

އައިޝަތު ފުއާދު ލިޔެފައިވާ ވާހަކައަކަށް ހަދާ މި ފިލްމު ޑައިރެކްޓްކޮށްފައި ވަނީ އަލީ ޝިފާޢު (ޗިއްޕެ) އެވެ. ޑާކްރެއިން އެންޓަރޓެއިންމަންޓްގެ ގިނަ ފިލްމުތަކޭކޭ ވެސް އެއްގޮތަށް މި ފިލްމުގެ ވިޒުއަލް އިފެކްޓްސް ހަދާފައި ވަނީ އަޙުމަދު ޝިނާނެވެ. މި ފިލްމަށް ޙުސައިން ޝަދިޔާން (ސޭންޑީ) ކޮސްޓިއުމް ޑިޒައިން ކޮށްދީފައިވާއިރު، މި ފިލްމުގެ މިއުޒިކް ހަދާފައި ވަނީ މުޙައްމަދު އިކްރާމްއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top