🎦 ފިލްމު ”ނޮވެމްބަރ”ގެ ރަސްމީ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް
ޑާކް ރެއިން އެންޓަޓެއިންމެންޓުން އުފައްދައި ހުރިހައި މަސައްކަތެއް ނިންމާލާފައިވާ އަސަރުގަދަ ލޯބީގެ ފިލްމު ”ނޮވެމްބަރ“ ރިލީޒްކުރާނެ ތާރީޚެއް ވަރަށް އަވަހަށް އިޢުލާނުކުރާނެ ކަމަށް އެ ޕްރޮޑަކްޝަން ހައުސް އިން މިއަދު ބުނެފިއެވެ.
ޑާކް ރެއިން އެންޓަޓެއިންމެންޓުގެ އިންސްޓަގްރާމުން މިއަދު އާއްމުކޮށްފައިވާ ޕޯސްޓްގައި ފިލްމު ރިލީޒްކުރާނެ ތާރީޚެއް ވަަރަށް އަވަހަށް އިޢުލާނުކުރާނެ ކަމަށް ބުނުމުގެ އިތުރުން އެހެން މަޢުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް، އެ ޕްރޮޑަކްޝަން ހައުސްގެ ވެރިޔާ އަދި ޕްރޮޑިއުސަރު މުޙައްމަދު ޢަލީ (މޮގާ) މުނިއަވަސް އަށް މިރޭ ބުނީ، ފިލްމު އަޅުވާނެ ތާރީޚެއް އަދި ލިބިފައިނުވާ ކަމަށާ މި އަހަރުގެ ބާކީ އޮތް ހުރިހައި މަހަކަށް އޮލިމްޕަސް ސިނަމާ އެއްކޮށް ބުކްކޮށްފައިވާ ކަމަށެވެ.
މޮގާގެ ވާހަކަތަކުންނާއި އޮލިމްޕަސް ބުކިން ހުރިގޮތަށް ބަލާލާއިރު ފިލްމު ”ނޮވެމްބަރ“ ރިލީޒްކުރެވޭނީ 2024ވަނަ އަހަރު ކުރީކޮޅުގައި ކަަމަށް ބެލެވެއެވެ.
View this post on Instagram
ޑާކް ރެއިންއިން މިހާތަނަށް ފިލްމަކަށް ހޭދަކުރި އެންމެ ބޮޑު ބަޖެޓް ހޭދަކޮށްގެން އުފައްދާފައިވާ އަސަރުގަދަ ލޯބީގެ ފިލްމު ”ނޮވެމްބަރ“ އަޅުވާނެ ތާރީޚެއް އިޢުލާނުކުރުމަށް ނިންމާފައިވާއިރު، އެ ޕްރޮޑަކްޝަންގެ ވަރުގަދަ އެކްޝަން ފިލްމު “ފުރޭތަ“ ދައްކަން ފަށާނީ 04 ޑިސެމްބަރު 2023ން ފެށިގެންނެވެ.
އަސަރު ގަދަ ލޯބީގެ ވާހަކައެއް ކިޔައިދޭ ފިލްމު ”ނޮވެމްބަރ”ގެ އެކިއެކި ރޯލުތަކުން ބޮޑު ކާސްޓެއް ފެނިގެންދާނެއެވެ. އެގޮތުން އާއިޝަތު ޔާދާ، އައިޝަތު ޢަލީ، ކުރީގެ އެކްޓަރު އިސްމާއީލް ވަޖީހާއި އޭނާގެ ދަރިއެއް ކަމަށްވާ ތަރީޝް އިސްމާއިލް، ލަވަކިޔުންތެެރިޔާ ޝަލަބީ އާއި މޭނާ ހައްސާނު، މަޝްހޫރު ޕްރެސެންޓަރ މޫސާ ވަސީމް އާއި ދިވެހިބަހުގެ އުސްތާޒު ސޯދުބޭވެސް ފެނިގެންދާނެއެވެ. މީގެ އިތުރުންވެސް ޑާކްރެއިންގެ ފިލްމުތަކުން ފެންނަ ބައެއް އެހެން މޫނުތައްވެސް ފެނިގެންދާނެއެވެ.
ފިލްމު “ނޮވެމްބަރ”ގެ ސްކްރީންޕްލޭ ލިޔުނީ ޢާއިޝަތު ފުއާދު އާއި ޢަހްމަދު ޠަލާލް އެވެ. ޑައިރެކްޓްކޮށް ކެމެރާކުރީ ޝިފާއު (ޗިއްޕެ) އެވެ. ކޯ-ޑައިރެކްޓަރެއްގެ ގޮތުގައި ހަރަކާތެރިވެފައި ވަނީ އާއިޝަތު ފުއާދެވެ. ޗިއްޕެއާއެކު ކެމެރާކުރުމުގައި އަޙްމަދު ޝިނާން ވެސް ހަރަކާތެރިވިއެވެ.
މި ފިލްމުގެ މުހިންމު މަންޒަރުތައް، ލ. އަތޮޅުގެ ގުޅާލާފައިވާ ތިންރަށްކަމަށްވާ ފޮނަދޫ، ކައްދޫ އަދި މާންދޫގެ އިތުރުން އައްޑޫ ސިޓީ، ކ. ތުލުސްދޫ، ވެލާނާ އެއަރޕޯޓް، ސިންގަޕޫރު އަދި މަންޓާ އެއަރގައި ނަގާފައިވާކަން ފާހަގަކޮށްލެވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 29 ޑިސެމްބަރ 2025ޚަބަރުސްރީ ލަންކާސް ގޮޓް ޓެލެންޓުގައި ރާއްޖޭގެ ރުބީން ފަނޑިޔާރުންގެ ޝައުޤުވެރިކަން ހޯދައިފި
- 29 ޑިސެމްބަރ 2025ޚަބަރުފަސްވަނަ ކަރްްނާޓަކާ ފިލްްމު ފެސްްޓިވަލް އިން ދިވެހި ދެ ފިލްމަކަށް ފަޚުރުވެރި އެވޯޑްތަކެއް
- 28 ޑިސެމްބަރ 2025ޚަބަރުރަށްރަށަށް ”އަލްވަދާޢު“ – ބެލުންތެރިން ބުނަނީ ވަރަށް ސަޅިއޭ!
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި




