ޕެސިފިކް ކަނޑުގެ ބިންގަނޑުގެ އަޑިން އައު ދިރުންތަކެއް ދިރާސާވެރިން ހޯދައިފި އެވެ. ދިރާސާވެރިންނަށް މި ދިރުންހުރި މާހައުލު ފެނިފައިވަނީ ކަނޑުއަޑީގައި ހުރި އަލިފާންފަރުބަދައިގެ ފަށަލަތަކާއި ހަމައަށް ރޮބަޓެއް ފޮނުވައިގެންނެވެ. ސައިންސްވެރިންނަށް ފެނިފައިވަނީ މުޅީން އައު ދިރުންހުރި މާހައުލެކެވެ. މުޅީން އައު މާހައުލީ ނިޒާމެކެވެ. މި ރޮބަޓަކީ ކަނޑުއަޑީގެ މިފަދަ ހޯދުންތައް ހޯދުމަށް ޚާއްޞަކޮށް ތައްޔާރުކޮށްފައިވާ ރޮބަޓެކެވެ.

ޝްމިޓް އޯޝަން އިންސްޓިޓިއުޓުން އިސްކޮށް ތިބެގެން ބައިނަލްއަގްވާމީ ދިރާސާވެރިންގެ ޓީމަކާއެކު ކުރިއަށް ގެންދިޔަ ޚާއްޞަ ދިރާސާ ދަތުރުގައި އެމީހުން ތަހުގީގުކުރީ އިތުރު ގިނަ ކަންތައްތަކެއް ބަލަން ޖެހިފައިވާ ތަނެއް ކަމަށް ސައިންސް އެލާޓުން ލިޔެފައިވާ ލިޔުމެއްގައިވެ އެވެ.

“އެހެން މާހައުލީނިޒާމެއްގެ އަޑީގައި ފޮރުވިފައިވާ އައު މާހައުލީނިޒާމެއް ހޯދުނު މި ފާހަގަކޮށްލެވޭ ހޯދުމުން ހެކިދެނީ ދިރުން ހުރެދާނެކަމަށް ޤަބޫލުނުކުރެވޭ ފަދަ ތަންތަނުގައިވެސް ދިރުން ހުންނަ ކަން.

– ޖިއޮޓިކާ ވިރްމާނީ، ދަ ޝްމިޓް އޯޝަން އިންސްޓިޓިއުޓްގެ އެގްޒެކެޓިވް ޑިރެކްޓަރު

އެތަކެއް ސާރފަސް ފްލޫޑްތަކެއް ކަނޑުގެ ބިންގަނޑުގެ އަޑީގައި ދެމެމުންދާތަން ދިރާސާވެރިންނަށް ފެނިފައިވެއެވެ. މި ދިރާސާ ކުރިއަށް ގެންދިޔަ އިންސްޓިޓިއުޓްގެ އެގްޒެކެޓިވް ޑިރެކްޓަރު ޖިއޮޓިކާ ވިރްމާނީ ބުނީ މިއީ މިފަދަ ދިރުންތައް ހުރި މާހައުލީނިޒާމެއް އަލަށް ހޯދުނު ފަހަރުކަމަށެވެ. އިންސާނުން، ބަލައި ހޯދާ ދިރާސާކުރަން ޖެހޭ އެތަކެއް ސިއްރުތަކެއް ކަނޑުއަޑީގައި ފޮރުވިފައިވާކަމީ އެނގެން އޮތް ޙަޤީޤަތެކެވެ.

ވިރްމާނީ ބުނީ “މާހައުލީނިޒާމެއްގެ ދަށުގައި ފޮރުވިފައިވާ އާ މާހައުލީނިޒާމެއްގެ މި ހަގީގަތުން ފާހަގަކޮށްލެވޭ ކަމަކީ ގަބޫލުނުކުރެވޭ ފަދަ ތަންތަނުގައި ދިރުން އުޅޭ ކަމުގެ އާ ހެކިތަކެއް ހުރިކަން” ކަމަށެވެ.

ކަނޑުއަޑީގެ ހައިޑްރޯތަރމަލް ވެންޓްތަކުގެ ތެރޭގައި ފޮރުވިފައިވާ އާ މާހައުލީނިޒާމެއް ފެނިއްޖެ.

ދިރާސާވެރީންނަށް އައު ދިރުންތަކެއް ފެނިފައިވަނީ ކަނޑުގެ ހަމަބިމުގެ އަޑީގައި ހުންނަ ހައިޑްރޯތާމަލް ވެންޓްސް (ހޮއި/ހޮރު) ތައް ތެރެއިންނެވެ.

މި ހޯދުންތައް ހޯދާފައިވަނީ މެދުތެރޭ އެމެރިކާގެ އައްސޭރިފަށާ ދިމާ ކަނޑުއަޑިއަށް ރިމޯޓްކޮންޓްރޯލް ރޮބަޓެއް ފޮނުވައިގެންނެވެ. މި ރޮބަޓް ކަނޑުއަޑިން 2500 މީޓަރު އަޑިއަށް ފޮނުވިއެވެ.

“ކަނޑުގެ ބިންގަނޑުގެ މަތީގައާއި އަޑީގައި ދިރިއުޅޭ ވެންޓް ޖަނަވާރުތައް (ހޮރުތަކުގައި ދިރިއުޅޭ ޖަނަވާރުތައް) ދިރިއުޅެނީ، ކަނޑު އަޑީގެ ވެންޓް ފްލޫޑް އަދި ކަނޑުގެ ލޮނުގަނޑުން ލިބޭ އޮކްސިޖަންއަށް ބަރޯސާވެގެން.

ޔުނިވާސިޓީ އޮފް ވިއެނާގެ އިކޯލޮޖިސްޓް މޮނިކާ ބްރައިޓް

މަސްދަރު: ޖަޔަންޓް ފްރީކިން ރޮބަޓް ވެބްސައިޓުން

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.