ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ބުރާސްފަތި އަދި ހުކުރު ދުވަހުގެ ރޭ “ނީނާ” ފިލްމުގެ ދަންވަރު ޝޯ

މިމަހު ހަޔަކުން ފެށިގެން ކާމިޔާބުކަމާއެކު އޮލިމްޕަހުގަައި ދައްކަމުން އަންނަ ފިލްމު “ނީނާ“ގެ ޝޯތައް އަންނަ ބުރާސްފަތި އަދި ހުކުރު ދުވަހުގެ ރޭ ދަންވަރުވެސް ބޭއްވުމަށް ހަމަޖައްސައިފި އެވެ. މި ޝޯތައް އޮންނާނީ ރޭގަނޑު 11:30 ގައެވެ.

ފިލްމު “ނީނާ“ގެ ޑައިރެކްޓަރު އިލްޔާާސް ވަހީދު (އިއްލެ) ބުނީ ބަންދު ދެ ރެއާ ދިމާކޮށް ދަންވަރު ޝޯ ބޭއްވުމަށް ނިންމީ އާއްމުންގެ ފަރާތުން ލިބެމުން އަންނަ ތަރުހީބާ ގުޅިގެން ކަމަށެވެ.

“17 އޯގަސްޓް 2023ވާ ބުރާސްފަތި ދުވަހުގެ ރޭ 11:30 އަދި 18 އޯގަސްޓް 2023ވާ ހުކުރު ދުވަހުގެ ރޭ 11:30ގައި ފިލްމު ދައްކަން ނިންމީ ބެލުންތެރިންގެ ފަރާތުން ލިބެމުން އަންނަ ތަރުހީބަށް ބަލާފަ. 11:30 އެއީ ޝޯ ފަށާ ގަޑި.

– ޑައިރެކްޓަރު އިލްޔާސް ވަހީދު

ފިލްމު “ނީނާ”ގެ މި ހަފުތާގެ ކުރިއަށް ހުރި ޝޯތަކުގެ ޝެޑިއުލްއެއްވެސް އިލްޔާސް ހިއްސާކޮށްފައިވެއެވެ.

ފިލްމު “ނީނާ”ގެ މި ހަފުތާގެ ކުރިއަށް ހުރި ޝޯތަކުގެ ޝެޑިއުލް – ފޮޓޯ: އައި ފިލްމްސް

އައި ފިލްމްސްގެ ދެވަނަ ފީޗާ ފިލްމު “ނީނާ”ގެ ޓިކެޓް މިހާރުވެސް އޮލިމްޕަސް ހުޅުވިފައި ހުންނަ ވަގުތަކުގައި ޓިކެޓް ކައުންޓަރުން ގަންނަން ލިބެން ހުންނާނެ އެވެ. މީގެ އިތުރުން 7242555 ނަންބަރަށް ގުޅައިގެންވެސް ޓިކެޓްގެ ކަންތައް ހަމަޖެއްސޭނެ އެވެ.

ފިލްމު “ނީނާާ”ގެ ލީޑް ނުޒުޙަތު ޝުޢައިބް އާއި އަލަށް ތަޢާރަފުކުރާ ޝަރަފް ޢަބްދުﷲ ގެ މޮޅު އެކްޓިންއެއް ފިލްމުން ފެނިގެންދެއެވެ. މީގެ އިތުރުން ވެޓެރަން އެކްޓްރެސް މަރިޔަމް ރަޝީދާ ފިލްމީ ދާއިރާއާ ދުރުގައި ހުންނަތާ 30 އަހަރު ފަހުން އެނބުރި އައިސް މިވަނީ ދިވެހި ފިލްމުބަލާ އޯޑިއަންސް ސިއްސުވާލާ ފަދަ މޮޅު އެކްޓިންއެއް މި ފިލްމުން ދައްކައިދީފައެވެ. ހަމަ އެހެންމެ، ހަމްދޫން ފާރޫޤް މިވަނީ ދިވެހި ފިލްމު އިންޑަސްޓްރީގައިވެސް ބޮލީވުޑް އަދި ހޮލީވުޑް ފިލްމުތަކުން ފެންނަވަރުގެ މޮޅު ވިލަންއެއް އުފެއްދުމަށް ފިލްމުގެ ޑައިރެކްޓަރު އިލްޔާސް ވަހީދު ކުރި މަސައްކަތަށް ހަޤީޤީ ކުލަ ޖައްސައިދީފައެވެ.

🎦 ފިލްމު “ނީނާ”ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އޮންލައިން

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު
ގެރޭ3 އަހަރު ކުރިން

ހާދަ ވަރަކަށް މުނިއަވަސް އިން ތިޔަ ފިލްމު ޕްރޮމޯޓްކުރަނީ!!.... އަނެއްކާ ތި މީހުންނަށްވެސް ލާރިގަނޑެއް ލިބުނީތަ؟ އައި ރިއަލީ ޑައުޓް އިގޭ

ނަހުޔާން3 އަހަރު ކުރިން

ފިލްމު ވަަރަށް މޮޅުވެފައި ވަރަށް ރީތި. އަދިވެސް ބަލައިލަން ބޭނުން. މަށަށް ކޮންމެވެސް ކުއްޖެއް ޓިކެޓް ދީބަލާ....

މޯޑް3 އަހަރު ކުރިން

ފިލްމު ހަމަ އެހާ ސަޅިތަ؟ ތި ބަލަން ނުގޮސް ނުހުރެވޭނެ މިހާރު ތިވީގޮތުން. އެކަމަކު ރޭ ވިލޭރޭ ކަޓްވާލާފަ ދާން ތި ޖެހުނީ. ބިޓް ގޮވައިގެން ދާނީ

ޒޯޔާ3 އަހަރު ކުރިން

އޭ ތީ ވަރަށް ސަޅިވީ އިންގޭ. އަހަރުން ގްރޫޕް ހަދާފަ ދަންވަރު ގޮސްލަން އެބަ ރާވަން

Home
Menu
Search
Back to top