މިއަހަރު ސިނަމާއަށް ރިލީޒްކުރާ ފުރަތަމަ ކޮމެޑީ ފިލްމު “ޖޯކަރުު”ގެ ޓިކެޓް އޮންލައިންކޮށް ބުކްކޮށްދޭން ފަށައިފި އެވެ. 05 ސެޕްޓެމްބަރު 2023 ވަނަ ދުވަހުގެ ރޭ ރިލީޒްކުރާ މި ފިލްމުގެ ޓިކެޓް ހޯދުމަށް 7458800އަށް ޓެކްސްޓެއް ކޮށްލައިގެން ނުވަތަ ގުޅައިގެން ބުކިން ހަދައިލެވޭނެ އެވެ.

ކޮމެޑީ ފިލްމު “ޖޯކަރުު”ން ހުއްޓުމެއް ނެތި ހެވޭވަރަށް ހެއްވާ މަޖާ ކަންތައްތައް ފެނިގެންދާނެ ކަމަށް ފިލްމު ޕްރޮޑަކްޝަން ޓީމުން ޔަޤީންކަން ދެއެވެ. “ލާފް މޯރ، ވޮރީ ލެސް” ސްލޯގަންއާއެކު ޕްރޮމޯޓްކުރަމުން އަންނަ މި ފިލްމުން ބޮޑު ކާސްޓެއް ފެނިގެންދާނެ އެވެ.

ފިލްމު “ޖޯކަރު“ގެ މައިގަނޑު ކާސްޓުގައި ރާއްޖޭގެ ފިލްމީ ދާއިރާގެ ހުނަރުވެރި ފަންނާނުންތަކެއް ހިމެނެއެވެ. އެގޮތުން ވެޓަރަން އެކްޓަރ އަޙްމަދު ނިމާލް، ހުނަރުވެރި އެކްޓަރު އަޙްމަދު ސަޢީދު، ޢަލީ އާޒިމް (ދޮން އައްޔަ)، ޝީލާ ނަޖީބް، ނާޝިދާ މުޙައްމަދު (ނާއްކޮ)، އިބްރާހީމް ރަޝީދު މޫސާ (ބްރޯ)، މުޙައްމަދު ރިފްޝާން (ރިއްޕެ)، ހަމްދާން ފާރޫޤް، ޝަހީދާ އަޙްމަދު، އީމާއު، މޫސާ އަލީފް އަދި ނަދުވީ ފަދަ ފަންނާނުން ހިމެނެއެވެ.

ކޮމެޑީ ފިލްމު “ޖޯކަރުު” ލިޔެ ޑައިރެކްޓްކުރަނީ މިހާތަނަށް ރާއްޖޭގެ އެންމެ ގިނަ ބަޔަކު ބެލި ކޮމެޑީ ފިލްމުތައް ކަމަށްވާ “ބައިވެރިޔާ”، “ނޯޓީ ފޯޓީ”، “ފޯޓީ ޕްލަސް” ލިޔެ ޑައިރެކްޓްކުރި ޔޫސުފު ޝަފީޢު (ޔޫއްޕެ) އެވެ.

އިސްމާޢީލް ޝަފީޤް އަދި ޢަލީ ޝާނީޒް މުޙައްމަދު ޕްރޮޑިއުސްކޮށްފައިވާ ފިލްމު “ޖޯކަރު“ގެ އެހެނިހެން މަސައްކަތްތަކަށް ބަލައިލާއިރު، ފިލްމުގެ މަންޒަރުތައް ކެމެރާކޮށްފައިވަނީ މާސްކޭ އެވެ. ބެކްމިއުޒިކް ހެދީ އައްޔުމަން ޝަރީފުއެވެ. ޕޯސްޓަރ ޑިޒައިން ގްރެފިކްސް ހެދީ ފައިސަލް އެވެ.

މިއީ ޝައި ޕްރޮޑަކްޝަން އަދި ސެޓަރން ސްޓޫޑިއޯގެ އުފެއްދުމެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.