ޖުނައިދު ޚާން އަދި ހީރާ މާނީގެ ޑްރާމާ ސިލްސިލާ ”ކަލަންކް“ ފަށަން ތައްޔާރުވެއްޖެއެވެ.
ދެ ލޯބިވެރިއެއްގެ ކައިވެންޏަށްފަހު އެދެމީހުންގެ ދިރިއުޅުމުގައި ދިމާވާ މައްސަލަތަކާއި ލޯބީގެ ގުޅުން ދައްކުވައިދޭ މި ޑްރާމާގައި ޖުނައިދު އާއި ހީރާގެ އިތުރުން މައިގަނޑު ރޯލުތަކުން ފެނިގެންދާ އިތުރު ތަރިންގެ ތެރޭގައި ނާޒިޝް ޖަހަންގީރް، ސާމީ ޚާން، ޒައިން އަފްޒަލް، ސަބާ ހަމީދު އަދި އަޔޭޝާ ގުލް ފަދަ ތަރިން ހިމެނެއެވެ. މީގެ ކުރިންވެސް ޖުނައިދު އާއި ހީރާ ވަނީ އެކުގައި 2 ޑްރާމާއެއް އެކުގައި ކުޅެފައެވެ. އެއީ ހަމް ޓީވީއިން 2020 ގައި ގެނެސްދިން ”ކަޝްފު“ އަދި 2017 ގައި އޭއާރްވައި ޑިޖިޓަލް އިން ގެނެސްދިން ”ސުން ޔާރާ“ އެވެ.
އެޑިސަން އިދްރީސް މަސީހްގެ ވާހަކައަކަށް މުހްސިން މިރްޒާ ޑައިރެކްޓްކޮށްފައިވާ ”ކަލަންކް“ އަކީ ޢަބްދުﷲ ކަދްވާނީއާއި އަސަދު ޤުރޭޝީގެ ސެވެންތު ސްކައި އެންޓަޓެއިންމެންޓުން ޕްރޮޑިއުސްކުރާ ޑްރާމާއެކެވެ.
ރާއްޖެ ގަޑިން މިރޭ 21:00 ގައި ”ކަލަންކް“ ދައްކަން ފަށާއިރު ޖީއީއޯ ޓީވީއިން ކޮންމެ ރެޔަކު އާ އެޕިސޯޑެއް ގެނެސްދިނުމަށް ވަނީ ނިންމާފައެވެ. އަދި މީގެ އިތުރުން ޖީއީއޯ ޓީވީގެ ރަސްމީ ޔޫޓިއުބް ޗެނަލް ”ހަރްޕަލް ޖީއީއޯ“ އިންވެސް މި ޑްރާމާގެ އެޕިސޯޑުތައް ބަލައިލެވޭނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 27 ޑިސެމްބަރ 2025ޚަބަރުއިން ކްލިކްސްގެ ”ލޫޓުވީ ކަލާ“ އާ އަހަރަށް
- 27 ޑިސެމްބަރ 2025ޚަބަރުތެހެރީމްގެ ”ހަމްނަވާ“ ފަށަނީ
- 26 ޑިސެމްބަރ 2025ޚަބަރުލިލީގެ ”ގިސްލާ ރޮއި“ ވަރަށް އަސަރުގަދަ
- 26 ޑިސެމްބަރ 2025ޚަބަރުޕާކިސްތާން ޑްރާމާ ”ސަޒާވާރް“ މިރޭ ފަށަނީ




