ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ރާފިޔަތު އަދި ޝަލަބީގެ “މިރޭ ބީހިލީމާ” އިން ހިތުގައި ބީހިލާނެ!

މީގެ އަހަރުތަކެއް ކުރީން، ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޢަބްދުލް ހަންނާން މޫސައިދީދީ އަދި ފަޒީލާ އާމިރު ކިޔާފައިވާ ހިތްގައިމު ލަވަ “މިރޭ ބީހިލީމާ”ގެ ކަވަރއެއް ނެރެފި އެވެ. “މިރޭ ބީހިލީމާ”ގެ ކަވަރއެއް އެހުންތެރިންނާ ހަމައަށް ގެނެސްދީފައި މިވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ ރާފިޔަތު ރަމީޒާ އަދި ޝަލަބީ އިބްރާހީމްގެ ހުނަރުން ފުރިފައިވާ އަޑުންނެވެ.

ސައުންޑްކްލައުޑަށް ދޫކޮށްލާފައިވާ “މިރޭ ބީހިލީމާ” އަޑުއަހައިލުމާއެކު ހިތުގެ އެންމެ ހިމަނާރުގައިވެސް ބީހޭހެން ހީވާނެ އެވެ. ސައުންޑްކްލައުޑަށް ލަވަ ދޫކޮށްލަމުން ޝަލަބީ ބުނެފައިވަނީ ލަވަ ރިކްއެސްޓްކުރި ހުރިހައި ފަރާތްތަކަށް ޚާއްޞަކޮށްލާ ކަމަށެވެ.

މަޝްހޫރު ޝާއިރު އީސާ ޝަރީފުގެ ރޮމޭންޓިކް ޅެންވެރިކަމާއެކު ގެނެސްދީފައިވާ މި ލަވަ، މި ޒަމާނާ ގުޅޭ ކުދިކުދި ބަދަލުތަކަކާއެކު ގެނެސްދީފައިވަނީ އަސްލު ލަވައިގެ އިހްސާސްތައް ނުގެއްލޭނެ ފަދަ ގޮތަކަށްކަން ފާހަގަކޮށްލެވެއެވެ. މި ލަވައިގެ ރިކޯޑިންގ، މިކްސިން އަދި މާސްޓަރިން ހަދާފައިވަނީ އިންތި އެވެ. ޕްރޮޑިއުސްކުރީ ޢަބްދުﷲ އިބްރާހީމް (ބަހާރު) އެވެ.

“މިރޭ ބީހިލީމާ”ގެ އޮރިޖިނަލް ލަވައަށް އެކްޓްކޮށްފައިވަނީ ޢަލީ ޝިޔާމް އަދި ވަލީދާ ވަލީދެވެ. މިއީ ރާއްޖޭގައި އެންމެ ވަރުގަދައަށް ލަވަ އަލްބަމްތައް ނެރުނު ދުވަސްވަރު ‘ހިތްފަހި 2’ އަލްބަމުގައި ހިމެނުނު ލަވައެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު
ޔެންޓޭ2 އަހަރު ކުރިން

ވާއޯހް

ރޯޅި2 އަހަރު ކުރިން

ހެސްކިޔާފަ ސައްޅަ. އަދިވެސް ރާފީ ވަރެއް ހަމަ ނެތް

Home
Menu
Search
Back to top