އައިފޯން 15 އަދި 15 ޕްލަސް ދައްކާލައިފި އެވެ، މި ފޯނުތައް ދައްކައިލި ރޭ ބޭއްވި އެޕަލް “އިވެންޓް 2023” ގައެވެ

އައިފޯން 15 އަދި 15 ޕްލަސް ދައްކާލި އިރު އެންމެ ބޮޑު ބަދަލަކަށް ފެނުނީ ޔޫއެސްބީ-ސީ ޕޯޓެކެވެ. މިއީ ގިނަ ބަޔަކު ކުރަމުން އައި ދިގު އިންތިޒާރެއްގެ ނިމުން ކަން ފާހަގަ ކޮށްލެވެއެވެ. އެޕަލް އިން މިދިޔަ އަހަރު ކަށަވަރުކޮށްދިން ގޮތުގައި ޔޫއެސްބީ-ސީ އަށް ބަދަލު ގެންނަނީ ޔޫރަޕިއަން ޔޫނިއަންގެ ކުރިއަށް އޮތް ގަވާއިދުތަކަށް ތަބާވުމަށެވެ. އެގޮތުން އައިފޯން 15 އަކީ މިހާރު މި ބަދަލު ގެނައި ފުރަތަމަ އައިފޯނެވެ.

މިއީ އައިފޯނުގެ ޑިޒައިނަށް 11 އަހަރު ތެރޭގައި އައި އެންމެ ބޮޑު ބަދަލެވެ. މި ބަދަލުގެ ސަބަބުން އާޚިރުގައި އެކި ޑިވައިސްތަކާއި ބްރޭންޑްތަކުގެ ޗާޖިން ޕްރޮސެސް ސްޓްރީމްލައިން ކުރެވިދާނެއެވެ.

އެޕަލް އައިފޯން 15 ޕްރޯ މޮޑެލްގައި މިއުޓް ސްވިޗްގެ ބަދަލުގައި “އެކްޝަން ބަޓަން” އަކަށް މިހާރުވަނީ ބަދަލުކޮށްފައެވެ. ޔޫޒަރުންނަށް އެއަށް ފިތާލުމުން އެމީހުންގެ ރިންގަރ އާއި ސައިލެންސް އާއި ދެމެދު ބަދަލުކުރެވޭނެއެވެ. މިސާލަކަށް އެ ބަޓަނަށް ފިއްތާލައިގެން ވޮއިސް މެމޯއެއް ސްޓާޓް ކުރެވިދާނެ އެވެ. މީގައި ހިމެނެނީ ޓައިވާން ސެމީކޮންޑަކްޓަރ އިން އުފެއްދި ޑިވައިސްއެއް ކަމަށް ބެލެވޭ 3 ނެނޯމީޓަރުގެ ޗިޕެކެވެ. އަދި 19 ބިލިއަން ޓްރާންސިސްޓަރ ވެސް ހިމެނެއެވެ. އެޕަލްގެ އާޓިފިޝަލް އިންޓެލިޖެންސް އެކްސެލެރޭޓަރު ކަމަށްވާ ނިއުރަލް އިންޖީނަކީ ދެގުނަ ބާރު ސްޕީޑެއްގައި ހިނގާ އަދި 16 ކޯރ އިން ކަރަންޓް ދޭ އިންޖީނެއް ކަމަށް އެ ކުންފުނިން ބުނެ އެވެ. ޖީޕީޔޫ އަކީ އެޕަލް އިން ބުނާ ގޮތުގައި ކުރީގެ ވަރޝަނަށް ވުރެ %20 ބާރު ސިކްސް ކޯ ޔުނިޓެއް ކަމަށާއި، އެ ކުންފުނިން ބުނާ ގޮތުގައި ޖީޕީޔޫތަކުގައި ބޮޑަށް އަލިއަޅުވާލާފައި ވަނީ އޭއައި އަށް ވުރެ މޯބައިލް ގޭމިން އަށް ކަމަށެވެ.

ހައި އެންޑް، ޓައިޓެނިއަމް އިން އައިފޯން 15 ޕްރޯ ގެނެސްދޭނީ ކަޅު، ނޫ އަދި ރިހި ކުލަތަކުންނެވެ. އެޕަލްގެ އެގްޒެކެޓިވުން ދަނީ އެއީ ކިހާ ލުއި އަދި ތުނި އެއްޗެއްކަން ދައްކާއިރު، މާސް ރޯވަރުގައި ބޭނުންކުރާ އެލޯއީ ތަކާއި އަޅައިކިޔައި، ޓައިޓެނިއަމްގެ ވަރުގަދަކަމަށް ވެސް އަލިއަޅުވާލަމުންނެވެ.

އެޕަލް އިން އިއުލާނު ކުރި ގޮތުގައި އައިފޯން 15 އަށް ނެޓްވޯރކް ނުލިބޭ ހިސާބުން އެމެޖެންސީ ކޯލް މެސެޖް ސެޓެލައިޓް މެދުވެރިކޮށް މަގުމަތީގެ އެހީތެރިކަމަށް ގުޅާލެވޭނެ އެވެ. މި ހިދުމަތް ދެ އަހަރު ދުވަހުގެ މުއްދަތަށް އައިފޯން 15 ބޭނުންކުރާ ފަރާތްތަކަށް ހިލޭ ލިބޭނެ އެވެ.

އެޕަލް ވޮޗް އަލްޓްރާ 2ގެ އާ ގަޑީގައި އެސް 9 ޗިޕް ހިމެނޭއިރު، 2ވަނަ ޖީލުގެ އަލްޓްރާ ވައިޑްބޭންޑް އަރކިޓެކްޗާ މެދުވެރިކޮށް ޕްރެސިޝަން ފައިންޑިންގ އާއި 3،000 މިނިޓްގެ ޤާބިލުކަން ހުންނަ އާ ޑިސްޕްލޭއެއް ހިމެނެއެވެ. އަދި 72 ގަޑިއިރުގެ ބެޓެރީ ލައިފް އާއި %95 ރީސައިކަލް ޓައިޓެނިއަމް ވެސް އެކުލެވިގެންވެ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާހް ޢަލީ
އަޙްމަދު ޝާހް ޢަލީ
ދިވެހި ފިލްމީ ދާއިރާގެ އެފުށާއި މިފުށް ރަނގަޅަށް ދަންނަ ކުރީގެ އެކްޓަރ އަދި މިހާރު ފިލްމު ޕްރޮޑިއުސްކުރާ ޝާހް ޚާއްޞަވަނީ ބޭރުގެ ފިލްމީ ޚަބަރު ލިޔުމަށެވެ.