ކަޒްމިކް އިންޓަނޭޝަނަލްގެ ފުރަތަމަ ފީޗަރ ފިލްމު “ފްރީ ޑެލިވަރީ”ގެ މަޖާ ޓްރެއިލާ މިއަދު ދައްކާލައިފިއެވެ. ހެއްވާ މަޖާ ކަންތައްތަކެއް ފެނިގެންދާ މި ޓްރެއިލާއިން ފިލްމުގެ މެއިން ކާސްޓް ފެނިގެންދެއެވެ.
ފިލްމު “ބަވަތި“، “ނީނާ“، ވެބް ސީރީޒް “މަޒްލޫމް” އަދި “ބިރުވެރި ވާހަކަ” އިން ކޮލިޓީ މަސައްކަތްތަކެއް ދައްކައިލި ހުނަރުވެރި ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ޑައިރެކްޓްކޮށްފައިވާ “ފްރީ ޑެލިވަރީ”ގެ ލީޑުން އާ ތަރިންތަކެއް ފެނިގެން ދިޔަޔަސް، އެ ތަރިންގެ ހުނަރުވެރިކަން މި ޓްރެއިލާއިންވެސް ފެނިގެންދެއެވެ.
އާ ތަރިންތަކެއްގެ އިތުރުން މިއަދު ރިލީޒްކޮށްފައިވާ ޓްރެއިލާއިން ފެނިގެންދާ ތަރިންތަކުގެ ތެރޭގައި ކޮމެޑީއަކުން ފިލްމީ ދާއިރާގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ރަޢުފަތު ޢަބްދުﷲ ޞާދިޤްގެ އިތުރުން ފިލްމު “ލޭކަރުނަ” އަދި “އިތުބާރު” ފަދަ ފިލްމުތަކުން ކޮމެޑީ ރޯލުން ފެނުނު އަފްރާޙް އަދި ކަޒްމިކް އާއި އައި ފިލްމްސްގެ އުފެއްދުންތަކުން ފެންނަ ތާތި އާދަމްގެ ހުނަރުވެރިކަންވެސް ފެނިގެންދެއެވެ.
މީގެ އިތުރުން ވާޝިޔާ މުޙައްމަދު (ޝިޔާ)، ޝާރިފް، ޢާއިޝާ ޢަލީ، އަޙްމަދު ޝާކިރު (ޝާއްކޮ އައްމަޑޭ)، ވިކީ، އިފްނާޒްގެ އިތުރުންވެސް ގިނަ ތަރިންތަކެއް މި ފިލްމުން ފެނިގެންދާނެ އެވެ.
ޑެލިވަރީކުރާ ބަޔަަކަށް ދިމާވާ ކަންތަައްތަކެއްގެ ތެރެއިން ހިނގާ މަޖާ ހާދިސާތަކެއް މި ޓްރެއިލާއިން ފެނިގެންދެއެވެ.
އާސިމް ޢަލީގެ ޕްރޮޑަކްޝަން ހައުސް ކަޒްމިކްގެ ފުރަތަމަ ފީޗަރ ފިލްމު ސިނަމާއަށް ގެންނަން ތައްޔާރުވަމުން އަންނައިރު، ކަޒްމިކުން ވަނީ އިއްލެ އާއި ގުޅިގެން ”މަޒްލޫމް“ގެ ނަމުގައި އެންތޮލޮޖީ ފިލްމެއްވެސް ގެނެސްދީފައެވެ. މީގެ އިތުރުން ”ދަރަކަ“ ނަމުގައި ކާމިޔާބު ކްރައިމް ތުރިލާއެއްވެސް އުފައްދައި ގެނެސްދީފައިވެއެވެ.
ކޮމެޑީ ފިލްމު “ފްރީ ޑެލިވަރީ”ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!