ތަފާތު ފުން އަސަރުތަކެއް ގެނެސްދީ، އޯޑިއަންސް ރޮއްވައިލި ވަރުގަދަ ފިލްމު “ނީނާ“ގެ އެންމެ ވަރުގަދަ ފުން އަސަރުތައް ފެނިގެންދާ ލަވަ “އަލްވިދާ” ރިލީޒްކޮށްފި އެވެ. އައި ފިލްމްސްގެ ޔޫޓިއުބް ޗެނަލުން މިއަދު އާއްމުކޮށްފައިވާ “އަލްވިދާ” ކިޔާފައިވަނީ މޯލްޑިވިއަން އައިޑަލް އިން ފާހަގަވެގެންދިޔަ ޖައިޝާ ވަހީދެވެ.
އަލްވިދާ – މިއީ ޖައިޝާ ވަަހީދު ކިޔާފައިވާ ލަވައެކެވެ. ލަވައިގެ ޅެން ހެދީ ފިލްމުގެ ސްކްރީންޕްލޭ ލިޔެ ޑައިރެކްޓްކުރި އިލްޔާސް ވަހީދު (އިއްލެ) އެވެ. މިއުޒިކް ހެދީ ޙުސައިން ތަޢުފީޤެވެ.
“އަލްވިދާ” ލަވައިން ފެނިގެންދަނީ ފިލްމުގެ ލީޑް ނުޒްހަތު ޝުއައިބް (ނީނާ)، އެބައެއްދެކެ އެންމެ ލޯބިވި ބަޔަކު ވަކިވެގެން ދިއުމުން އެކަމާ ކުރާ ފުންހިތާމަތަކާއި ހިތުގައި އުފެދިފައިވާ ހިތާމައިގެ ޝަކުވާގެ އަޑެވެ. އެކުގައި ލޯބިން އުޅުނު މީހުން މަރުވުމުން އެމީހުންގެ ހަނދާންތައް ވަކީން ބޮޑަށް ވާ ވާހަކައެވެ.
ލަވައިގެ ތެރެއިން މި ފިލްމުގެ ޕްރޮމޯޝަނަލް ލަވަ “އަލިފާން”ގެ ލިރިކްސްގައި ހިމެނޭ “ޤަބޫލެއް ނޫން ޤަބޫލެއް ނޫން…….” މި ވަރުގަދަ އަޒުމާއި ހިތްވަރުގެ ބަސްތައް އިވިގެންދަނީ ނީނާ ހާލުގައި ޖެއްސި މީހުންގެ ކިބައިން ބަދަލުހިފުމަށް ތައްޔާރުވަމުން އަންނަ މަންޒަރުތަކުގެ ތެެރެއިންނެވެ. އަދި އެމީހުންނަށް ފާރަލައި ބަދަލުހިފާ މަންޒަރުވެސް ކޮންމެވެސް ވަރަކަށް ލަވައިން ފެނިގެންދެއެވެ.
ލަވައިގެ އަސަރުގަދަ ވާހަކަތަކުގެ ތެރެއިން، ފިލްމު “ނީނާ“ގެ މުހިންމު މަންޒަރުތަކެއް ފެނިގެންދެއެވެ. މީގެ އިތުރުން ފިލްމުގެ ބޮޑުބައި ޝޫޓްކޮށްފައިވާ ލ. ގަން އަދި މާންދޫގެ ހިތްގައިމު މަންޒަރުތަކެއް ހިމަނާފައިވެއެވެ.
ފިލްމު “ނީނާ“ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އޮންލައިން އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!