ކުރުކޮށް ފޮނިކޮށް

🎞️ ފިލްމު “ޖަވާން” މިވަނީ ހުރިހާ ސިނަމާތަކެއްގެ ބޮކްސް އޮފީހުން ޖާގަ ކަށަވަރުކޮށްފަ.

🎞️ އެޓްލީ ކުމާރު ޑައިރެކްކޮށްފައިވާ “ޖަވާން” ނެޓްފްލިކްސްގައި ރިލީޒްކުރަނީ ސިނަމާގައި ދެއްކުމަށް ތައްޔާރުކުރި މާސްޓާއިން އުނިކޮށްފައިވާ މަންޒަރުތަކަކާ އެކު.

🎞️ ފިލްމުގެ ލީޑްގައި ހަރަކާތްތެރިވަނީ ޝާހް ރުކް ޚާން، ދިޕިކާ ޕަދުކޯން، ނަޔަންތާރާ އަދި ވިޖޭ ސެތުޕަތީ. މީގެ އިތުރުންވެސް ފާހަގަކޮށްލެވޭ ތަރިންތަކެއް ހިމެނޭ

ފިލްމު “ޖަވާން”ގެ ފޭނުން ތިޔަ ތިބީ ތައްޔާރަށް ދޯ އެވެ! ނެޓްފްލިކްސް އިން ރިލީޒްކުރަން ހަމަޖެހިފައިވާ މި ފިލްމުގައި ކުރިން ޑިލީޓްކޮށްފައިވާ މަންޒަރުތަކެއް ވެސް ހިމެނޭނެ އެވެ. ޝާހްރުކް ޚާން ލީޑް ރޯލުން ފެނިގެންދާ އެޓްލީގެ މި ފިލްމުގެ އޯޓީޓީ ވާޝަން ރިލީޒްކުރާނެ ތާރީޚެއް އަދި އިއުލާނެއް ނުކުރެ އެވެ.

ފިލްމު “ޖަވާން” އޯޓީޓީގައި ރިލީޒްކުރަނީ ޑިލީޓް ކޮށްފައިވާ މަންޒަރުތަކެއް ހިމަނައިގެން

ދާދި ފަހުން ރިލީޒްކުރި ޝާހް ރުކް ޚާން ފިލްމު “ޖަވާން” ގެންދަނީ ހުރިހައި ބޮކްސް އޮފީހެއްގެ ޖާގަ ކަށަވަރުކުރަމުން ނެވެ. މިގޮތުން ފިލްމު ރިލީޒްކުރި ފަހުން ފުރަތަމަ ހަފުތާގައި ބޮކްސް އޮފީހުގައި ރަސްކަން ކުރުމަށް ފަހު، ދެވަނަ ހަފުތާ ބަންދުގައި ފިލްމުގެ މަޤުބޫލުކަން އިތުރަށް ވަރުގަދަވެގެން ދިޔައެވެ. މިހާރު ފިލްމު އޯޓީޓީ ޕްލެޓްފޯމް ނެޓްފްލިކްސް މެދުވެރިކޮށް އޮންލައިން ސްޓްރީމިންއަށް ދޫކޮށްލުމަށް ވަނީ ތައްޔާރުވެފަ އެވެ.

އެކަށީގެންވާ ދިގުމިނެއް ދެމެހެއްޓުމަށްޓަކައި ސިނަމާގައި ރިލީޒްކުރި މާސްޓާ ކޮޕީން އުނިކުރި ބައެއް މަންޒަރުތައް އޯޓީޓީ ވާޝަންގައި ހިމަނާނެ އެވެ. ފިލްމުގެ ޑައިރެކްޓަރު އެޓްލީ އަންނަނީ ފިލްމުގެ އާ ކަޓެއްގެ މަސައްކަތް ކުރަމުންނެވެ.

އޯޓީޓީ ވާޝަންގެ ދިގުމިނަކީ ގާތްގަނޑަކަށް 3 ގަޑިއިރާއި 15 މިނެޓް ކަމަށް ބެލެވޭއިރު، ސިނަމާތަކުގައި ދެއްކި ފިލްމުގެ ދިގުމިނަކީ 2 ގަޑިއިރާއި 45 މިނެޓެވެ. އެހެންކަމުން ސިނަމާ ވާޝަންއަށް ވުރެން ނެޓްފްލިކްސް ވާޝަން 20 މިނެޓް ދިގުވާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ފިލްމުގެ ލީޑް ރޯލުން ނަޔަންތަރާ، ދީޕިކާ ޕަދުކޯން އަދި ވިޖޭ ސެތޫޕަތީގެ އިތުރުން އެއިޖާޒް ޚާން، ސަންޔާ މަލްހޯތުރާ، އަދި ޕްރިޔާމަނީ ފަދަ އެހެން އެކްޓަރުން ވެސް ފެނިގެންދެ އެވެ.

ޝާހްރުކް ޚާން ދެން އެންމެ އަވަހަށް ފެނިގެންދާނީ ރާޖްކުމާރު ހިރާނީގެ ފިލްމު “ޑަންކީ” އިންނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.