ބ. ގޮއިދޫގައި މިހާރު ކުރިއަށްދާ “މާމޮރިސް ބ. ގޮއިދޫ ފުޓްސަލް ފިއެސްޓާ 2023” މުބާރާތުގެ ފިރިހެން ޑިވިޝަންގެ ރޭގެ ފުރަތަމަ މެޗުގައި ކްލަބް ރޯޔަލް ފްރެންޑްސް އަދި ކްލަބް ޑްރެގަންސް ބައްދަލުކޮށް 0-3ން މެޗް ކާމިޔާބުކުރީ ރޯޔަލް ފްރެންޑްސްއެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ތިރީސް ތިން ވަނަ މިނިޓްގައި ރޯޔަލްގެ ޖޯޒީ ނަންބަރު 10 މުހައްމަދު ތޯހިރު ވަނީ އެޓީމަށް ކުރި ހޯދައިދީފައެވެ.

ފުރަތަމަ ހާފުގައި 0-1 ގެ ނަތީޖާ އާއި އެކު އޮތް ނަމަވެސް އިތުރު 3 ލަނޑު ޖަހައި އެ ޓީމުން ވަނީ މެޗް ނިންމާލާފައެވެ. ލަނޑުޖެހި ކުޅުންތެރިންނަކީ ތޯހިރުގެ އިތުރުން ޖޯޒީ ނަންބަރު 17 އިބްރާހިމް ސިމާހް 2 ލަނޑު އަދި ޖޯޒީ ނަންބަރު 87 އަޝަމް އަހުމަދެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޖޯޒީ ނަންބަރު 17 އިބްރާހިމް ސިމާހެވެ.

ރޭގެ ދެވަނަ މެޗުގައިކުޅެފައިވަނީ އެފްސީ ކަރާ އަދި ކިންގްސް ކްލަބެވެ. 0-8 ން އެފްސީ ކަރާ ކުރި ހޯދާފައިވާއިރު ކިންގްސް ކްލަބް މިވަނީ ކުޅުނު ދެ މެޗުންވެސް ބަލިވެފައެވެ. މި މެޗުގައި ގޯލު ޖަހާފައިވާ ކުޅުންތެރިންނަކީ ޖޯޒީ ނަންބަރު 8 ޔައީޝް އަހުމަދު، ޖޯޒީ ނަންބަރު 9، މާދިހު ވަޖީހް، ޖޯޒީ ނަންބަރު 10 ހުސައިން ޝާމް، ޖޯޒީ ނަންބަރު 11 ހަސަން ޝާމް، ޖޯޒީ ނަންބަރު 13 މުހައްމަދު އިރުޝާމް އަދި ޖޯޒީ ނަންބަރު 21 ފައްރާހް ސަލީމެވެ.

އެހެން މެޗުތަކާއި ޚިލާފަށް މި މެޗުގައި ވަނީ ގިނަ ފައުލް ތަކެއް ފެނިގެން ގޮސްފައެވެ. އެގޮތުން އެފްސީ ކަރާގެ ދެކުޅުންތެރިން ކަމަށްވާ ޖޯޒީ ނަންބަރު 7 އާދަމް ނިޒާމް އަދި ޖޯޒީ ނަންބަރު 21 ފައްރާހް ސަލީމަށްވަނީ ރީނދޫ ކާޑު ދައްކާފައެވެ. އަދި ކިންގްސް ކްލަބްގެ ޖޯޒީ ނަންބަރު 6 ހުސައިން އަނޫސް ވަނީ ރަތްކާޑު ދައްކައި ދަނޑުން ބާލާފައިވެއެވެ. އަނޫސް ކުރި ފައުލްއާއި ގުޅިގެން އެފްސީ ކަރާގެ ކުޅުންތެރިޔަކަށް ވަނީ އަނިޔާވެފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެފްސީ ކަރާގެ ޖޯޒީ ނަންބަރު 13 މުހައްމަދު އިރުޝާމެވެ.

މިމުބާރާތުގެ މެޗުތައް މިއަދުވެސް ކުރިއަށް ދާނެއެވެ. އެގޮތުން މިއަދު ހަވީރު 16.00 ގައި އަންހެން ޑިވިޝަންގައި ކުޅުމަށް ހަމަޖެހިފައިވަނީ ކްލަބް ޑްރެގަންސް އަދި ކުއީންސްއެވެ. ފިރިހެން ޑިވިޝަންގައި ފުރަތަމަ ބައްދަލުކުރާނި ޔަންގް ސްޓަރސް އަދި ޗެލެންޖާރސް ސްޕޯރޓްސްް ކުލަބެވެ. ދެވަނަ މެޗުގައި ކްލަބް ރޯޔަލް ފްރެންޑްސް އަދި ވޯލްވްސް ސްޕޯރޓްސް ކުލަބް ކުޅުމަށް ހަމަޖެހިފައިވެއެވެ.

މުބާރާތުގެ މެއިން ސްޕޮންސަރ އަކީ މާމޮރިސް، ކޯ ސްޕޮންސަރ އަކީ މަޖިލިސް މެމްބަރ ހިސާން ހުސައިންއެވެ. އޮންލައިން މީޑިއާ ޕާރޓްނަރަކީ މުނިއަވަސް، ފޮޓޯގްރަފީ ޕާރޓްނަރ ޒީ ކްލިކްސް އަދި ލައިވް ޕާރޓްނަރަކީ ތޯ ނެކްސަސްއެވެ.

d33
« of 12 »

ލިޔުންތެރިޔާގެ ފުރަމަލަ

ފާޠިމަތު ޒުހުދާ (ޒުހޫ)
ފާޠިމަތު ޒުހުދާ (ޒުހޫ)
އަލިއަޅުވައިލަން ޖެހިފައިވާ މުހިންމު މައްސަލަތަކާއި ހާދިސާތަކަށް ވާހަކައާއި ރިޕޯޓް ލިޔުމަކީ ޒުހުދާގެ ޚާއްޞަ ދާއިރާއެކެވެ.