މާމޮރިސް ބ.ގޮއިދޫ ފުޓްސަލް ފިއެސްޓާގައި މިއަދު ހަވީރު ކުރިއަށް ދިޔަ އަންހެން ޑިވިޝަންގެ މެޗުގައި ޑްރެގަންސް އާއި ޗަޑްސް ބައްދަލުކުރި މެޗް 1-6 ން ޗަޑްސް ކާމިޔާބުކޮށްފިއެވެ.

ޗަޑްސްގެ ފުރަތަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ ބާރަ ވަނަ މިނެޓުގައި ޝަފްނާ އިބްރާހީމް (16) އެވެ. ފުރަތަމަ ހާފު ނިމުނީ 1-3 ގެ ނަތީޖާ އަކުން ޗަޑްސް ކުރީގައި އޮވެގެންނެވެ. ޝަފްނާގެ އިތުރުން ލަނޑުޖެހި އިތުރު ކުޅުންތެރިންނަކީ ފާތިމަތު ޝާލިޔާ (6) އަދި ޝައްފަ އިބްރާހީމް (21) އެވެ. ޑްރެގަންސްޖެހި ހަމަ އެކަނި ލަނޑު ޖަހއިދިނީ މެޗުގެ ވިހި ވަނަ މިނިޓުގައި މައީޝާ އަބްދުލް ހަަންނާން (20) އެވެ. މި މެޗުގެ އެއްމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޗަޑްސްގެ ފާތިމަތު ޝާލިޔާ(6) އެވެ.

މި މެޗުން ޗަޑްސް މޮޅު ވުމާއިއެކު މި މުބާރާތުގައި އަންހެން ޑިވިޝަނުގެ ފައިނަލްގައި ބައްދަލުކުރާނީ ޗަަޑްސް އަދި ކްއީންސް އެވެ. މި މެޗު އޮންނާނީ އަންނަ ހުކުރު ދުވަހުގެ 20.00 ގައި ގޮއިދޫ ފުޓްސަލް ދަނޑުގައެވެ.

މުބާރާތުގެ މެއިން ސްޕޮންސަރ އަކީ މާމޮރިސް، ކޯ ސްޕޮންސަރ އަކީ މަޖިލިސް މެމްބަރ ހިސާން ހުސައިންއެވެ. އޮންލައިން މީޑިއާ ޕާރޓްނަރަކީ މުނިއަވަސް ،ފޮޓޯގްރަފީ ޕާރޓްނަރ ޒީ ކްލިކްސް އަދި ލައިވް ޕާރޓްނަރަކީ ތޯ ނެކްސަސްއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ފާޠިމަތު ޒުހުދާ (ޒުހޫ)
ފާޠިމަތު ޒުހުދާ (ޒުހޫ)
އަލިއަޅުވައިލަން ޖެހިފައިވާ މުހިންމު މައްސަލަތަކާއި ހާދިސާތަކަށް ވާހަކައާއި ރިޕޯޓް ލިޔުމަކީ ޒުހުދާގެ ޚާއްޞަ ދާއިރާއެކެވެ.