ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ފްރީ ޑެލިވަރީ” އަށް ތައްޔާރުތަ؟

ކޮމެޑީ ފިލްމު “ފްރީ ޑެލިވަރީ”އަށް ތައްޔާރު ހެއްޔެވެ؟ ބެލުންތެރިން ތިބޭނީ ތައްޔާރަށްކަން އެނގޭތީ ކަޒްމިކް އިންޓަނޭޝަނަލް އިން ތިބީ ހަމަ ގައިމުވެސް ތައްޔާރަށެވެ.

މިއަހަރު އޮލިމްޕަހުގައި ތިބެ މަޖާ ފިލްމެއް ބަލައިލަން ލިބޭނެ ރަނގަޅު ފުރުސަތަކަށް މި ފިލްމު ވާނެއެވެ. ފިލްމުގެ ދެވަނަ ޕޯސްޓަރެއް މީގެ ދެދުވަސް ކުރިން އާއްމުކޮށްފައިވާއިރު މި ޕޯސްޓަރުންވެސް ތަފާތު ދައްކައިދެއެވެ.

އިލްޔާސް ވަހީދު (އިއްލެ) ލިޔެ ޑައިރެކްޓްކޮށްފައިވާ މި ފިލްމު އެޑިޓްކުރީ މުޙައްމަދު ޢަބްދުލް ޣަނީ (ޑޫ މޯރ) އެވެ. މިއުޒިކް ހަދާފައިވަނީ އިއްލެގެ “ނީނާ”ގެ ވެސް ހިތްގައިމު މިއުޒިކް ހެދި ޝަހީދު ލިގެސީ އެވެ.

ކޮމެޑީ ފިލްމު “ފްރީ ޑެލިވަރީ” އަކީ ބިޔަ ކާސްޓެއް ހިމެނޭ ފިލްމެކެވެ. އެގޮތުން ތާތި އާދަމް، އައިޝާ ޢަލީ، ރައުފަތު ޞާދިޤް، އަޙްމަދު ޝާރިފް، ވާޝިޔާ މުޙައްމަދު، ހާޒިފް މުޙައްމަދު، ފަޒިލް ފަޔާޒް، އިމާދް ޢަލީ، ފާޠިމަތު ލަޠީފާ، މަރިޔަމް ވަހީދާ (ޔަމް)، މުޙައްމަދު ސާމިހް، ޢަބްދުﷲ ސަމޫހް، މުޙައްމަދު މައިޝަމް، ޢަލީ އިނާޒް، އިބްރާހީމް ފައިރޫޒް، ސާމީ ޙުސައިން ދީދީ އަދި އަޙްމަދު ޝާކިރު (ޝާއްކޮ އައްމަޑޭ) ހިމެނެއެވެ.

04 ނޮވެމްބަރު 2023އަށް ތައްޔާރަށް ތިބޭށެވެ. ކަޒްމިކް އިންޓަނޭޝަނަލްގެ ފަރާތުން “ފްރީ ޑެލިވަރީ” ފަށާނެއެވެ.

ފިލްމުގެ ޕްރޮޑިއުސަރުންނަކީ އާސިމް އަލީ، އާމިރާ އަލީ އިއްލެ އެވެ.

ފިލްމު “ފްރީ ޑެލިވަރީ”ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އޮންލައިން އެވެ

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top