ކުރުކޮށް ފޮނިކޮށް
🎞️ ކޮމެޑީ ފިލްމު ”ފްރީ ޑެލިވަރީ“ މިއީ ކަޒްމިކް އިންޓަނޭޝަނަލްގެ ފުރަތަމަ ފީޗަރ ފިލްމު
🎞️ ލިޔެ ޑައިރެކްޓްކޮށްފައި ވަނީ ހުނަރުވެރި ޑައިރެކްޓްރަ އިލްޔާސް ވަހީދު (އިއްލެ)
🎞️ ރިލީޒްކުރަނީ 04 ނޮވެމްބަރު 2023 ގައި
🎞️ ބޮޑު ކާސްޓެސް ހިމެނޭ
🎞️ ޕްރޮޑިއުސަރުންނަކީ އާސިމް ޢަލީ، އާމިރާ ޢަލީގެ އިތުރުން އިލްޔާސް ވަހީދު
މި އަހަރު، އޮލިމްޕަސް ސިނަމާއަށް ރިލީޒްކުރާ ދެވަނަ ކޮމެޑީ ފިލްމު “ފްރީ ޑެލިވަރީ”ގެ ރަސްމީ ޕޯސްޓަރު މިއަދު އާއްމުކޮށްފި އެވެ. ޕޯސްޓަރުން ފެންނަނީ ފިލްމުގެ ލީޑް ތަރިން ކަމަށްވާ ތާތި އާދަމް، އައިޝާ އަދި ރައުފަތު ޞާދިޤް އެމީހުންގެ ޑެލިވަރީ ޔުނިފޯމުގައި ތިބިއިރު، ތިން މީހުންގެވެސް އަތުގައި ޒިޕް ޓައީ އަޅުވައި އަތް ބަނދެފައިވާ ތަނެވެ.
މި ފިލްމަކީ ފިލްމު “ބަވަތި“، “ނީނާ“، ވެބް ސީރީޒް “މަޒްލޫމް” އަދި “ބިރުވެރި ވާހަކަ” އިން ތަފާތު އަދި ކޮލިޓީ މަސައްކަތްތަކެއް ދައްކައިލުމަށްފަހު މި ފިލްމުތަކާ ތަފާތު ޖޮންރާއެއް ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމަށް އުފައްދާފައިވާ ހެއްވާ މަޖާ ފިލްމެކެވެ.
ކޮމެޑީ ފިލްމު “ފްރީ ޑެލިވަރީ”ގެ މައިގަނޑުކާސްޓުގައި ތާތި އާދަމް، އައިޝާ ޢަލީ، ރައުފަތު ޞާދިޤް، އަޙްމަދު ޝާރިފް، ވާޝިޔާ މުޙައްމަދު، ހާޒިފް މުޙައްމަދު، ފަޒިލް ފަޔާޒް، އިމާދް ޢަލީ، ފާޠިމަތު ލަޠީފާ، މަރިޔަމް ވަހީދާ (ޔަމް)، މުޙައްމަދު ސާމިހް، ޢަބްދުﷲ ސަމޫހް، މުޙައްމަދު މައިޝަމް، ޢަލީ އިނާޒް، އިބްރާހީމް ފައިރޫޒް، މުޙައްމަދު އަފްރާހް، ސާމީ ޙުސައިން ދީދީ އަދި އަޙްމަދު ޝާކިރު (ޝާއްކޮ އައްމަޑޭ) ހިމެނެއެވެ.
ފިލްމުގެ އެޑިޓިން ހެދީ މުޙައްމަދު ޢަބްދުލް ޣަނީ (ޑޫ މޯރ) އެވެ. މިއުޒިކް ހަދާފައިވަނީ އިއްލެގެ “ނީނާ”ގެ ވެސް ހިތްގައިމު މިއުޒިކް ހެދި ޝަހީދު ލިގެސީ އެވެ.
ފިލްމު “ފްރީ ޑެލިވަރީ”ގެ ޕްރޮމޯޝަނަލް ލަވަ، ’ފްރީ ޑެލިވަރީ’ މިހާރު ސްޕޮޓިފައި އިން ވެސް އަޑުއަހައިލެވޭނެ އެވެ. 515 މިލިޔަނަށް ވުރެން ގިނަ މީހުން ބޭނުންކުރަމުން އަންނަ ސްޕޮޓިފައި އިން ފިލްމު “ފްރީ ޑެލިވަރީ”ގެ ތިން ލަވަ އަޑުއަހައިލެވެން ހުރިކަން ފާހަގަކޮށްލެވެ އެވެ.
ފިލްމު ”ފްރީ ޑެލިވަރީ“ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އޮންލައިން އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 29 ޑިސެމްބަރ 2025ޚަބަރުސްރީ ލަންކާސް ގޮޓް ޓެލެންޓުގައި ރާއްޖޭގެ ރުބީން ފަނޑިޔާރުންގެ ޝައުޤުވެރިކަން ހޯދައިފި
- 29 ޑިސެމްބަރ 2025ޚަބަރުފަސްވަނަ ކަރްްނާޓަކާ ފިލްްމު ފެސްްޓިވަލް އިން ދިވެހި ދެ ފިލްމަކަށް ފަޚުރުވެރި އެވޯޑްތަކެއް
- 28 ޑިސެމްބަރ 2025ޚަބަރުރަށްރަށަށް ”އަލްވަދާޢު“ – ބެލުންތެރިން ބުނަނީ ވަރަށް ސަޅިއޭ!
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި




