ނިއުޒޯ ސްޓޫޑިއޯގެ “ކަޅަކި” ފިލްމުން ފަލަޠީނަށް 40،500 (ސާޅީސް ހާސް ފައްސަތޭކަ) އަށް ވުރެން ގިނަ ފައިސާ ހަދިޔާކުރަން ނިންމައިިފި އެވެ.
ދިވެހި ބިރުވެރި ފިލްމު “ކަޅަކި“ން މި ފައިސާ ހަދިޔާކުރަން ނިންމާފައިވަނީ މިމަހު 20 ވަނަ ދުވަހުގެ ރޭ އޮލިމްޕަހުގައި ދެއްކި ޝޯގެ ޓިކެޓް ވިއްކައިގެން ލިބުނު 37،500 ރުފިޔާގެ އިތުރުން އެރޭ ހުޅުވައިލި ފަންޑަށް ލިބުނު ފައިސާ ހިމަނައިގެންނެވެ. މި ފައިސާ އައިއޭސީގެ ޣާޒާ ފަންޑަށް ހަދިޔާކުރަން ނިންމާފައިވަނީ މިމަހު 25 ވަނަ ދުވަހުގެ ރޭ ދިވެހި ފިލްމީ ފަންނާނުން ބާއްވާ ފަންޑު ހޯދުމުގެ ހަރަކާތުގައި ލިބޭ ފައިސާއާ އެކުގައި ކަމަށް މަޢުލޫމާތު ލިބެއެވެ.
“ކަޅަކި ފަލަސްތީން ޝޯވ”އަށް ލިބުނު ފައިސާ ހަދިޔާ ކުރާނީ މިހާރުވެސް އޮލިމްޕަހުގައި ހުރި ފަންޑު ފޮށީގެ ފައިސާއާއެކުގައެވެ. މިކަމަށްޓަކައި އޮލިމްޕަހުގައި ބަހައްޓާފައިވާ ފަންޑު ފޮށްޓަށް މިހާރުވެސް ފައިސާ ހަދިޔާކުރެވޭނެ އެވެ.
“ކަޅަކި ފަލަސްތީން ޝޯވ” މެދުވެރިކޮށް ފަލަސްތީނުގެ މުސްލިމު އަޚުންނާއި އުޚުތުންނަށް އެހީވި ހުރިހާ ފަރާތްތަކަށް ވަރަށް ހާއްސަ ޝުކުރެއް ނިޢުމާ އަދާކުރެއެވެ. މި ފަންޑު ފޮށި ބަންދުކުރުމުގެ ކުރިން ވީހާވެސް ގިނަ ފަރާތްތަކުން އެހީ ދިނުމަށް ނިއުމާ އެދެއެވެ.
ފިލްމު “ކަޅަކިި”ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އޮންލައިން އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!