ފަންނާނެއްގެ ހިތްގައިމު އުފެއްދުމެއް އަލުން އެހެން އެހެން ފަންނާނެއް، ތަފާތު ސްޓައިލެއްގައި ތައްޔާރުކޮށްލުމަކީ އާއްމުކަމެކެވެ. ރީތި ނަމެއް ކިޔައިލަންވެގެން ރީމޭކެކޭ މި ކިޔަނީ އެއަށެެވެ. ނަމަވެސް މި ޒަމާނުގެ ބައެއް ފަންނާނުން ހަދާފައި ހުންނަ ރީމޭކް ފެނި މުޅީން މާޔޫސްވާން ޖެހޭ ހާލަތު ކުރިމަތިވަނީ މަދެއްކޮށެއް ނޫނެވެ. ނަމަވެސް…….
ނަމަވެސް މިފަހަރު މިއޮތީ މުޅީން ތަފާތު މަސައްކަތެކެވެ. ”މައިންޑް ބްލޯވިންގ“، ނުވަތަ ”އައުޓްސްޓޭންޑިންގ“، ނުވަތަ ”އޮބިނަސް ޓޫ ދަ މެކްސް“އޭ ބުނެލެވޭ ވަރުގެ ކޮލިޓީ މަސައްކަތެއް މިއަދު ދިވެހި ޒުވާން ފަންނާނުންކޮޅެއް މިއޮތީ ގެނެސްދީފަ އެވެ. އަހަރުމެން ބުނާނީ ’ރީމޭކެއް ހަދަންޏާ މިވަރަށް ހަދަން ވާނެ!‘ ކަމަށެވެ. އެހެން ނޫނީ އެކަމާ ނޫޅުންވެސް މާ ރަނގަޅު ވާނެއެވެ.
”ފިނި ފަތިހު ފިނިން“ ލަވައިގެ ވީޑިއޯގެ މި ސަޅި މަސައްކަތުގެ އިސް މޭސްތިރިއަކީ ކުޑަ ރިޗަޑް އެވެ. މީގެ އިތުރުން ގިނަ ފަންނާނުން ތަކެއްގެ ހިއްސާ މިކަމުގައި ވެއެވެ.
އަންތަރީސް ބޭންޑްގެ ލަވަ ”ފިނި ފަތިހު ފިނިން“ގެ ކަވަރ ވާޝަން ކިޔާފައިވަނީ މުޙައްމަދު ޝަމްވީލް (ބަރޯ) އެވެ. މިއުޒިކް ކޮމްޕޯޒްކުރީ ސްޓަރލްޒް އިންނެވެ. އެރޭންޖްކުރީ ޝަމްވީލެވެ.
ރިޗަޑް ޑައިރެކްޓްކޮށްފައިވާ މި ސަޅި ޑައިރެކްޝަންގެ ހިތްގައިމު ވީޑިއޯތައް ނެގީ މާސްކޭ އެވެ. ޕޯސްޓް ޕްރޮޑަކްޝަން ހެދީވެސް ރިޗަޑް އެވެ.
ހިތްގައިމު ސަޅި ނެށުންތަކެއް ފެނިގެންދާ މި ލަވައިގެ ނެށުމުގައި ބައިވެރިވެފައިވަނީ ’ވަންޝޮޓް އެންޓަޓެއިންމެންޓްސް’ގެ ހުނަރުވެރި ޒުވާނުންނެވެ. މީގެ އިތުރުން ދިވެހި ސަގާފީ ނެށުންތައް ގެނެސްދިނީ ބިދަބިން ގްރޫޕުންނެވެ.
ގިނަ އަދަދެއްގެ ޒުވާނުންގެ މަސައްކަތްތައް ހިމެނޭ މި ޕްރޮޖެކްޓްގެ އިތުރު ތަފުސީލުތައް ވީޑިއޯގެ ތަފުސީލުގައި ހިމަނާފައިވެއެވެ.
https://youtu.be/txipikDJEp8?si=dJe68NP8SiYlJkXQ
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 29 ޑިސެމްބަރ 2025ޚަބަރުސްރީ ލަންކާސް ގޮޓް ޓެލެންޓުގައި ރާއްޖޭގެ ރުބީން ފަނޑިޔާރުންގެ ޝައުޤުވެރިކަން ހޯދައިފި
- 29 ޑިސެމްބަރ 2025ޚަބަރުފަސްވަނަ ކަރްްނާޓަކާ ފިލްްމު ފެސްްޓިވަލް އިން ދިވެހި ދެ ފިލްމަކަށް ފަޚުރުވެރި އެވޯޑްތަކެއް
- 28 ޑިސެމްބަރ 2025ޚަބަރުރަށްރަށަށް ”އަލްވަދާޢު“ – ބެލުންތެރިން ބުނަނީ ވަރަށް ސަޅިއޭ!
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި




